ފަޖުރުގެ ކުރީން ނިޔަތް ގަނެފައި ކައިފިނަމަ ރޯދަ ގެއްލޭނެތަ؟

ރޭގަނޑު ފަޖުރުލުމުގެ ކުރީން ރޯދައަށް ނިޔަތް ގަނެފައި ފަޖުރުގެ ކުރީން ކައިފި ނަމަ ރޯދައަށް އަސަރެއް ކުރާނެ ހެއްޔެވެ؟

ފަޖުރު ލުމުގެ ކުރީން ނިޔަތް ގަނެފައި، ފަޖުރުލުމުގެ ކުރީން ކެއުމަކީ މައްސަލައެއް ނޫނެވެ.

އެ މީހެއްގެ ރޯދައަށް އަސަރެއް ނުކުރާނެ އެވެ. މައްސަލައަކަށް ވާނީ ފަޖުރުލުމުގެގެ ފަހުން ކެއި ނަމަ އެވެ. ފަޖުރުލުމުގެ ފަހުން ކައިފި ނަމަ ރޯދަ ގެއްލޭނެ އެވެ.