ރައީސް އަމީންގެ ރެސިޕީ: ހެލެނބެލި ހުތު ސަޓަނި

ބޭނުންތަކެތި

ހެލެނބެލި ހުތް
ރޯމިރުސް
ފިޔާ
ލޮނު
ހަކުރު

ހަދާނެގޮތްް

ތިރީގައި މި ދަންނަވާ މިންވަރަށް ތަކެތި ނަންގަވާށެވެ.
ހެލެނބެލިހުތް ރާތާ 1
ބޮޑު ފިޔާ ގައު 1/2
ރޯމިރުސް 4
ފޮނިރަހަލާވަރަށް ހަކުރުކޮޅެއް
ލޮނު ރަހަލާވަރަށް ލޮނުކޮޅެއް

އެންމެ ފުރަތަމައިން، ފިޔާކޮޅު ކޮށްޓަވާށެވެ. އެޔަށްފަަހު،...އާދެ! ހުތުގެ ތެރެއަށް ހަކުރުކޮޅާއިި ލޮނު އަޅުއްވައިގެން، ފިޔާ ކޮޅާއިވެސް އެކު ރަނގަޅަށް މޮޑުއްވަވާލައްވާށެވެ. މޮޑުއްވަވާނީ ކުޑަފެންފޮދެއްވެސް އަޅުއްވައިގެންނެވެ. .... އާދެ! ރަނގަޅަށް މޮޑެވިއްޖެ ނޫންތޯ އެވެ؟

ދެން، ދޯހަޅި ފޮތިކޮޅަކުން ފުރާނައިލައްވާށެވެ. މިރުސްކޮޅު ކޮއްޓަވައިލައްވާށެވެ. ސަޓަނީގެ ތެރެއަށް މިރުސްކޮޅު އަޅުއްވައިގެން މޮޑުއްވައިލައްވާށެވެ. ... ތޮށިތައް ރީތިކޮށް ނަންގަވާށެވެ. އާދެ! މިހާރު ހުންނާނީ ސަޓަނި ރަގަޅަށް ހެދިފަ އެވެ.