ރައީސް އަމީންގެ ރެސިޕީ: އިޑިއައްޕަަން

ބޭނުންތަކެތި

ހަޑޫފުށްލާހި 2
ހޫނުފެން

ކައްކާނެގޮޮތް

އެންމެފުރަތަމައިން ހަޑޫކޮޅު ފުޑުއްވަވާށެވެ. ފުށްގަޑު އާވީން ކައްކަަވާށެވެ. ހިމުން ހަލަންޏަކުން ފުރާނުއްވަވާށެވެ. ފުށުގެ ތެރެއަށް ކެކިކެކިހުރިފެން، އަޅުއްވަމުން، ރަގަޅަށް އެއްކުރައްވަމުން ގެންދަވާށެވެ. ފެންއަޅުއްވަވާނީ ރަގަޅަށް ތަތްކޮށް ހުންނަ މިންވަރަށެވެ. އިޑިއައްޕަން ތަތްގަޑެއްގެ ތެރެޔަށް، ފުށްގަޑުގެ ބައެއް ލައްވައިގެން، އިޑިއައްޕަން ދާގަޑެއްގެ މައްޗަށް، (ދާގަޑެކޭ މިދެންނެވީ، އިޑިއައްޕަން އެޅުމަށް، ހަދާފައި އެ ހުންނަ ކަހަލަ އެއްޗަކަށެވެ. ސިފަ އަންނާނޭހެން ނަރުތައް އަޅުއްވަަވާށެވެ.

އިޑިއައްޕަން ކައްކާއެއްޗެއްގެ ތެރޭގައި ބަހައްޓަވައިގެން، ކައްކަވަމުންގެންދަވާށެވެ. އާދޭހެވެ! މިދެންނެވި އެއްޗަށް ހުންނާންވާނީ، ފެން އަޅުއްވާފަ އެވެ. އައްޕަންތައް ހުންނާނީ ފެނު ގައި ނުޖެހޭ ހިސާބުގައެވެެ. ކެކެމުންދާނީ އާވީގެ ބާރުންނެވެ.