އިންޖެކްޝަން ޖަހަންޖެހޭ މީހާގެ ރޯދަ ދޫކޮށްލެވިދާނެތަ؟

ހަ ގަޑިން ހަ ގަޑިން އިންޖެކްޝަން ޖަހަން ޖެހޭ ބަލި މީހާއަށް ރޯދަ ދޫކޮށްލެވިދާނެ ހެއްޔެވެ؟

އެ ބައްޔަށް ޝިފާ ނުވަތަ ފަރުވާ ލިބިދާނޭ ކަމަށް ބެލެވޭ ބައްޔެއްހުރި ބަލިމީހާ އަށް ރޯދަ ދޫކޮށް ލެވިދާނެއެވެ.

އެއީ ބަލިން ސަލާމަތްވުމުން ރޯދަ ޤަޟާކުރުމުގެ މަތިންނެވެ. މިހެންކަމުން ތިޔަ ބަލިމީހާއަށް ރޯދަ ދޫކޮށްލެވިދާނެއެވެ. ނަމަވެސް އޭނާ ބަލިން ސަލާމަތްވުމުން ރޯދަ ޤަޟާކުރުން ވާޖިބުވެގެން ވެއެވެ