ފަޖުރުލުމާ ވިދިގެން ޙައިޟުން ޠާހިރުވުމުން ރޯދަ ލިބޭނެތަ؟

ފަޖުރުލުމާ ވިދިގެން ޙައިޟުން ޠާހިރު ވެއްޖެ އަންހެނާއަށް އެދުވަހުގެ ރޯދަ ލިބޭނެ ހެއްޔެވެ؟

ފަޖުރުލުމުގެ ކުރީން ލޭ މަނާވެއްޖެނަމަ، ހިނައިގަތުން ލަސްކުރިޔަސް އެނާއަށް އެދުވަހުގެ ރޯދަ ލިބޭނެ އެވެ. އޭނާގެ ރޯދަ ޞައްޙަ ވާނެ އެވެ. ނަމަވެސް ފަޖުރުލުމުގެ ފަހުން ލޭ އަތުވެއްޖެނަމަ އެ ދުވަހުގެ ރޯދަ ހިފުން އޭނާ އަށް ހުއްދަވެގެން ނުވެއެވެ.