ރޯދަ މަހު ދުވާލު ޤަސްތުގައި ޖިމާޢުވާ މީހާގެ ޙުކުމަކީ ކޮބާ؟

ރަމަޟާންމަހުގެ ދުވާލު ޤަސްތުގައި ޖިމާޢުވާ މީހާގެ ޙުކުމަކީ ކޮބާ؟ އަދި ކައްފާރާގައި ކާންދިނުން ވާޖިބުވާ މިސްކީނަކީ ކާކު ހެއްޔެވެ؟

ފަރުޟު ރޯދަ މަހު ޤަޞްތުގައި ޖިމާޢުވެއްޖެ މީހާގެ މައްޗައްވަނީ އެ ރޯދަ ޤަޟާ ކުރުމާއި ކައްފާރާ ދިނުމެވެ. ކައްފާރާ އަކީ އަޅަކު މިނިވަން ކުރުމެވެ. މިކަމަށް ނުކުޅެދިއްޖެ މީހާ ޖެހިޖެހިގެން ދެ މަސް ދުވަހު ރޯދަ ހިފުމެވެ. މިކަމަށް ނުކުޅެދިއްޖެ މީހާ 60 މިސްކީނުންނަށް ކާން ދިނުމެވެ. މިސްކީނަކީ އޭނާގެ އަސާސީ ބޭނުންތައް ފުދޭ މިންވަރަށް ނުލިބޭ މީހާއެވެ. މިޒަމާނުގައި މިނިވަން ކުރުމަށް އަޅުންނެއް ނުތިބެ އެވެ. ވީމާ ދެން ފަށަން ޖެހެނީ ދެމަސް ދުވަހު ޖެހިޖެހިގެން ރޯދަ ހިފުމުންނެވެ. އެކަމަށް ނުކުޅެދޭ މީހާ 60 މިސްކީނުންނަށް ކާންދޭނީ އެވެ.