ސާޅީސް ހަމަ ނުކޮށް ރޯދަމަހުގެ ބާކީ ރޯދަތައް ހިފިދާނެތަ؟

އަޅުގަނޑު ވިހެއީ ރޯދަ މަހުގެ ކުރީންނެވެ. ނަމަވެސް ރޯދަ މަހުގެ ފުރަތަމަ ހަފުތާގައި ނިފާސް ކަމުގެ ލޭ ކެނޑިއްޖެ އެވެ. ނަމަވެސް ސާޅީސް ހަމަ ނުވެއެވެ. ވީމާ އަޅުގަނޑަށް ރޯދަމަހުގެ ބާކީ ރޯދަތައް ހިފިދާނެ ހެއްޔެވެ؟

ދަންނާށެވެ! ވިހެއުމާ ވިދިގެން އަންނަ ނިފާސްކަމުގެ ލޭގެ ދިގު މުއްދަތަކީ ސާޅީސް ދުވަހެވެ. ކަނޑައެޅިގެންވާ ކުރު މުއްދަތެއް އޭގައި ނުވެއެވެ. އެއް ދުވަހުން ވެސް ހުއްޓިދާނެ އެވެ. މިހެންކަމުން ނިފާސްކަމުގެ ލޭ ހުއްޓުމާއެކު ރޯދަ ހިފަންވީ އެވެ. ސާޅީސް ދުވަސް ވަންދެން އިންތިޒާރުކުރުމެއް ނެތެވެ.