ރައީސް އަމީންގެ ރެސިޕީ: ބިލިމަގު މުރުއްބާ

ބޭނުންތަކެތި

ބިލިމަގު ރާތާ 1
ހަކުރު ރާތާ 1

އަޅާނެ ގޮތް

އެންމެފުރަތަމައިން، ބިލިމަގުތައް އީޓުގައި އޮއްބަވައިގެން ހުތް ނެރުއްވާށެވެ. އެއަށްފަހު... އާދެ! އެއަށްފަހު ފެނަށް އަޅުއްވަވާށެވެ. އެފެނުން ނަންގަވައި، އަނެއްކައިވެސް ދޮންނަވައިލައްވާށެވެ. ލޯގަޑެއްގައި، ނުވަތަ ތެލި ބުރިއެއްގައި ފެންފޮދެއް ކައްކަވަމުން އުއްދަވާށެވެ. ރަގަޅަށް ކެކިގަތީމާ ބިލިމަގުކޮޅު އެ ފެނުގެ ތެރެޔަށް އަޅުއްވައިލައްވާށެވެ. ކުޑައިރުކޮޅަކަށްފަހު، ނަންގަވައިގެން، އަނެއްކައިވެސް ފެން އެއްޗެއްގެ ތެރެޔަށް އަޅުއްވަައިލައްވާށެވެ.... ނަންގަވައިގެން، ބިލިމަގުތައް ހަލާކުނުވާނެހެން، ފެލައިލައްވާށެވެ. ބިލިމަގުކޮޅު ކިރުއްވާށެވެ. ގަލަކަށް ގަލެންވާނެހެން، ހަކުރު ކިރުއްވަވާށެވެ. ތެލިބުރިއަށް ހަކުރު އަޅުއްވައިގެން، ހަކުރުތައް ކިރިޔާ ވިރޭ ވަރަށް ފެންފޮދެއް އަޅުއްވައިގެން ކައްކަވައިލައްވާށެވެ. ...

ފަނި އެތި ތަންކޮޅެއް ބޮޑު ލޯގަޑަކަށް، ފުރާނާލައްވާށެވެ. އުދުންމައްޗަށް ލޯގަޑު އުއްދަވައިގެން، ކައްކަވާން ފައްޓަވާށެވެ. ކެކޭންފެށީމާ، ބިލިމަގުކޮޅު އަޅުއްވަވައިލައްވާށެވެ. މަޑު ގިނީގައި ކިރިޔާ ކެކި ނުކެކި ހުންނަވަރަށް، ކައްކަވައި، ފެން ހިނދި ހިކޭވަރު ވީމާ، ބާލުއްވަވާށެވެ. ބިލިމަގުތައް ނަންގަވައި ބޮޑު ތައްޓެއްގައި އަތުރުއްވަވައިލައްވާށެވެ.