އިހުގެ ނޫސް: ސްކޫލް ޔުނިފޯމަށް އޮތް އިހުތިރާމް

ރާއްޖޭގައި އެންމެ ފުރަތަމަ ހުޅުވި ސްކޫލްތަކުގައި ކިޔަވައި އުޅުނު މުސްކުޅި ދަރިވަރުން އެ ދުވަސްވަަރު އަަދިވެސް ސިފަަ ކުރަނީ ރަން ހަނދާންތަކުގެ ގޮތުގަ އެވެ. ފިިރިހެން ކުދިންގެ ސްކޫލާއި އަަންހެންް ކުދިންނަށް ވަކިން ހާއްސަކޮށް ދެ ސްކޫލެއް ސަރުކާރުން ހަމަޖެއްސި އިރު، އެ ދެ ސްކޫލަަކީ މުޅި ގައުމު ފަހުރުވެރިވާ އެތައް ދަރިވަރުންގެ ތައުލީމީ ބިންގާއަޅައިދިން ދެ ސްކޫލެވެ.

ސްކޫލްތަކުގައި ގެންގުނު ހަރުދަަނާ ގަވާއިދުތައް މިކަމަށް ހެކި ދެ އެވެ. ސްކޫލާ ގުޅުންހުރި ކަންކަމުގައި ފިޔަވަޅު އެޅުމާއި ގަވާއިދުތަކަށް ބޯލެނބުމަށް ސްކޫލުގެ ދަަރިވަރުންނަށް އަަންގާ އެކަންކަމަށް ޖެހިލުމެއް ނެތި ކިޔަމަންގަނެ އެކުދިން ނަަމޫނާވެސް ދެއްކި އެވެ. ހަމަ ޔަގީނުން ވެސް މިއަދުގެ ޒަމާނީ ދަރިވަރުންނަށް ނަމޫނާ އަކަށް ވާނެ އެވެ.

ސްކޫލުގެ ރަސްމީ ގަޑިތަކާއި އެނޫންވެސް ގަޑިތަކުގައި، ސްކޫލުގެ ހުދު ޔުނިފޯމަށް ކުރި އިހުތިރާމާއި ގަދަރު މިއަދު ވެސް ފެންނާން އެބަ ހުއްޓެވެ. އެޑިއުކޭޝަަނުން އޭރު ނެރުނު ސާކިއުލާގެ ގަވައިދުގެ ދަަށުން، ސަރުކާރުގެ ތިން ސްކޫލް، މަޖީދިއްޔާ އަމީނިއްޔާ އަދި އިސްކަންދަަރު ސްކޫލުގެ ދަރިވަރުން، ސްކޫލުގެ އިިތުރު ގަޑިތަަކުގައި ބޭރުގައި އުޅޭނަމަ ސްކޫލް ޔުނިފޯމުގައި އުޅުމަށް ވަނީ ކަނޑައަޅާފަ އެވެ. ނޫންނަމަ، ބެލެނިވެރި އަކާއެކު ނުވަތަ ސްކޫލުން ދީފައި އޮންނަ ފާހެއް ނުވަތަ ލިޔުމެއް ހިފައިގެން ބޭރު ތެރޭގައި އުޅުމަށް ވަނީ އަންގާފަ އެވެ. ކޮންމެގޮތެއް ވިޔަސް އެ "ކާފިއު" ގެ ބޭރުން އުޅޭނަމަ، ސްކޫލް ދަރިިވަރެއްކަން އެނގޭނެ އެވެ.

ޔުނިފޯމުގައި ބޭރަށް ނިކުމެ، އާއްމުންނާ އެއްވެ ރޭގަނޑު ބާއްވާ ޝޯތަކަށް ގޮސް ހެދުމަށް އެޑިއުކޭޝަނުން ސީދާ ދެކޮޅު ނެހެދި ކަމުގައި ވިޔަސް އެ ގަވައިދުުތަކަކީ ކުޑަވަރެއްގެ ބަނދެވުމެކެވެ. ޔުނިފޯމުން ހާއްސަަކޮށް، އޭރު ހުރިހާ ސްކޫލެއްގައި ވެސް އެޅި ހުދު ޔުނިފޯމުން ކުއްޖާގެ އަހުލާގު ކިތަންމެހާވެސް ރަނގަޅަކަށް ދައްކުވައިދެ އެެވެ. ހުދު ކުލައިން ސާދާ ކަމާއި އަމާންކަން އަދި އަހުލާގުގެ ރަނގަޅުކަން ސިފަކޮށްދޭ ފަދައިންނެވެ. އެ ޔުނިފޯމަަކީ، އެ އަޅައިގެން ނިކުންނަ ދަަރިވަރަށް އޭނާގެ އަހުލާގު ވަކި މިންގަނޑެއްގައި ހިފަހައްޓަން ހަނދާންކޮށްދޭން ޖަހާ ރަނގަބީލެއް ފަދަ އެއްޗެކެވެ. ބެޖާއި ޓައިގެ ކުލަ ތަފާތު ވިޔަސް ކިޔަވާ ކުއްޖެއްކަން އެނގި އެ ޒިންމާ އަދާ ކުރެ އެވެ. ސްކޫލް ކުދިންގެ ކިބައިން އެހެން މީހުންނަށް ދައްކަން ޖެހޭނެ އަހުލާގަކީ ކޮބައިކަން ވެސް ހަނދާން ވާނެ އެވެ.

މި އިއުލާނަކީ ވެސް މިފަދަ ކަމެއް ބުނެދޭ އިއުލާނެކެވެ. މިއީ މޫންލައިޓުގެ 1972 ވަނަ އަހަރު ނެރުނު އިއުލާނެކެވެ. އިއުލާނުގައި " ސަރުކާރުގެ ތިން ސްކޫލްގެ ކުދިން ބައިސްކޯފަށާއި އެނޫންވެސް ކުޅިވަރުތައް ބެލުމަށް ދާއިރު މީގެ ފަހުން ތިބެންވާނީ ސްކޫލް ޔުނިފޯމުގަ އެވެ. ރޭގަނޑުގެ ވަގުތެއްނަމަ ސްކޫލުގެ ފާސް އޮންނަން ވާނެ އެވެ. އަދި ރޭގަނޑު ނުވައެއްގެ ފަހުން އެހެން ބޭނުމަކަށްޓަކައި ނަމަަވެސް، ސްކޫލުން ފާސް ހޯދައިގެން ބޭރަށް ނިކުމެ އުޅެން ޖެހިއްޖެ ނަމަވެސް އުޅެންވާނީ ސްކޫލް ޔުނިފޯމުގަ އެވެ. މީގެ ކުރިއެކޭވެސް އެއްފަދައިން ރޭގަޑު ނުވައެއް ޖަހަންދެން ސްކޫލްކުދިން ބޭރުގައި އުޅުމަކީ ހުއްދަ ކަމެކެވެ". ލިޔެފައި ވެ އެވެ.

މި ގަވައިދަށް އޭރުގެ ދަަރިވަރުންގެ މާ ބޮޑު ޝަކުވާލެއް ނެތި، ހުރުމަތްތެރިކޮށްހިތި ކަމަށް އޭރު ކިޔަވަން އުޅުނު މީހުން ބުނެ އެވެ. ސްކޫލުގެ ރިޕޯޓު ފޮތުގައި މިފަދަ ގަވައިދުތައް މިހާރު ލިޔެފައި ހުންނަތަން ވަކިން ފެންނަން ނެތަސް، އެ ހަރުދަނާ އެހެންނަމަވެސް، ހަަރުކަށި ގަވައިދުތަކަކީ އެ ޖީލު ބިނާ ކުރުމުގެ އެއް މައި ބިންގާ އެވެ. އެއީ އަހުލާގު ރަނގަޅު ޖީލެއް ކަމަށް މިއަަދު މެދު އުމުރުގެ މީހުން ހެކި ދެނީ އެހެންވެ އެވެ.