އާމާލްގެ އީދު ހީނާފަތް!

އާމާލް އަވަސް އޮންލައިނަށް ދީފައިވާ ވީޑިއޯ އިންޓަވިއު | އަވަސް

ހީނާފަަތާ ދިވެހިންނާ ވެސް އޮންނަނީ ވަރަށް ޒަމާންްވީ ރީތި ގުޅުމެކެވެ. ކުޑަ އީދާއި ބޮޑު އީދަށް ތައްޔާރު ވާން ހީނާފަތްް ގަހުން ފަތް އުފުރައިގެން ހީނާ ފަަތް ފުނޑާ ގޭގައި އުޅޭ ކުދީންގެ ހަތަރެސްފައިގައި އަޅައި ރޭގަނޑު ނިންދަވަ އެވެ. ހެނދުނު ހޭލައި ހަތަރެސްފައި ދޮވެލާއިރު ހުންނަނީ ރަތްވެފައެވެ. ރަނގަޅަށް ރަތް ވެލުމުން އީދަށް ތައްޔާރު ވީ އެވެ. އީދު ހެދުމާއެކު އީދު ހީނާފަަތް ވެސް އެ ފުރިހަމަވީ އެވެ.

ދިވެހިންނާ ގުޅިފައިވާ މިކަހަލަ މުނާސަބު ދުވަހަކަށް އޭރުވެސް އަދި މިހާރުވެސް ހީނާފަތްވެ އެވެ. މިހާރު ފެންނަ ޒަމާނީ ހީނާފަތް އަޅައިދޭ ފަންނުވެރިން ވެސް މަދެއް ނޫނެވެ. ރާއްޖޭގައި ތިބި އެންމެ މަގުބޫލު ހީނާ އާޓިސްޓުންގެ ތެރެއިން އެއް އާޓިސްޓަކަށް އާމާލް ޔޫސުފްް ވާނެ އެވެ. ހީނާގެ ދުނިޔެއިން ވަރަށް ގިނަ ބަޔަކަށް އާމާލް އެނގެ އެވެ.

ދިރާގުގައި އަދާކުރާ ރަސްމީ ވަޒީފާއަށް ފަހު ދެން އާމާލްގެ ހުސް ވަަގުތު އެއްކޮށް ދޫކޮށްލަނީ، ހީނާފަަތުން އެހެން މީހުން ނަލަކޮށް ޖަރީކޮށްދޭށެވެ.

އާމާލްގެ ހުސް ވަގުތުގެ މި "ވަޒީފާ" ދާއިމީވީ މީގެ އަހަރުތަކެއް ކުރިން ފިތުރު އީދެއްގައި ރައްޓެއްސެއްގެ ގެއަށް ގޮސް އަޅައިދިން ހީނާފަތުގެ ޑިޒައިނަކުންނެވެ. އޭގެ ފަހުން އީދާއި ހާއްސަ ހަފްލާތަކުގައި އާމާލްގެ ހީނާ މާގަނޑެއް ސޯޝަަލް މީޑިއާގަައި އަބަދުވެސް އެނބުރޭތަން ފެނެ އެވެ. މި އީދުގައި ވެސް އޮތީ ހަމަ އެހެނެވެ.

އާމާލްގެ ބައެއް ޑިޒައިންތައް

އަަބަދުވެސް ކުރެހުމާއި ކަވި މަސައްކަތްތަކަށް ލޯތްބެއް އޮންނަ އާމާލް ބުނި ގޮތުގައި، މުގުރާފައިވާ ހީނާފަތް ކޯނެއް ދީފަައި އެއިން އެއްޗެއް ކުރަހާލާށޭ ބުނެފިއްޔާ އޭނާއަށް އެއީ މާ ބޮޑު އުނދަގުލަކަށް ނުވެ އެވެ.

ކުޑަކުދިންނާއި ޒުވާން އަންްހެނުންނަށް އާމާލްގެ މަސައްކަތް ވަރަށް ހާއްސަަ އެވެ. އަދި ފަހަކަށް އައިސް ފިރިހެނުންނަށް ވެސް ޒަމާނީ ހީނާ ޑިޒައިންތަކެއް އަަޅައިދެ އެވެ.

ދިވެހިންނަށް ހާއްސަ ދުވަސްތަކަށް އާމާލްގެ ހީނާ ވަރަށް މަގުބޫލެވެ. އެންމެ އިހުގައި އަޅާ އުޅުނު "އިނގިލި ކުރީ" ހިނާ ވިޔަސް، ބޮޑެތި މާގަނޑުތައް ވިޔަސްމެ އެވެ. ހީނާފަތާއި އޭނާ އާ ދެމެދު އޮންނަނީ ގުޅުމެކެވެ.