ރައީސް އަމީންގެ ރެސިޕީ: ބަނބުކެޔޮ ބޯކުުރުން

ބޭނުންތަކެތި

ބަބުކެޔޮ
ހަކުރު

ހަދާނެ ގޮތް

އެންމެފުރަތަމައިން، ބަބުކެޔޮ ކޮއްޓަވައިގެން ދޮންނަވާށެވެ. ބަބުކޭލުގެ ތެރެޔަށް، ހެޔޮވަރު ވަރަށް ހަކުރު އެޅުއްވުމަށްފަހު ތެލިިބުރިއަކަށް އަަޅުއްްވައި އުދުން މައްޗަށް އުއްދަވާށެވެ. ކިހާ ހަކުރެއްހެއްޔޭތޯ އެވެ؟ ހަކުރު އަޅާނޭ ވަރެއް، އެކަކަށްވެސް އެނގުނު ކަމަކަށް ނުވި އެވެ. ... މާތް ކަލާގެ އާއި ވަކީލެވެ. އަޅުގަޑަށް ފެންނަ ވަރެއް ދަަންނަވަައިފާނަމެވެ. ބަބުކޭލަކަށް 2 ގާ ހަކުރު އަޅުއްވައިބައްލަވާށެވެ.

ފުރަތަމަ ފަހަރު، ކައްކައިގެން ފޮނި ރަހަ މާ ގަދަ ވެއްޖެ ކަމުގައި ވަނީ ނަމަ، ދެވަނަ ފަހަރަށް މަދުކޮށްލަވާށެވެ. ފުރަތަމަ ފަހަރު ކައްކަވައިގެން ފޮނި ރަހަ މަޑު ވެއްޖެ ކަމުގައި ވަނީ ނަމަ ........
އާދެ! އުދުން މައްޗަށް އުއްދަވައިގެން، މަޑު ގިނީގައި ކައްކަވައި ހަކުރު ތަތްވީމާ ބާލުއްވަވާށެވެ.