ލައިފްސްޓައިލް

ރައީސް އަމީންގެ ރެސިޕީ: އުފަންދުވަހުގެ ކޭކު

Jun 5, 2018
2

ބޭނުންވާތަކެތި

2 ގޮދާންފުށްގާ
2 ހަކުރުގާ
1 1/2 ބަޓަރުގާ
6 ކުކުޅު ބިސް
ސައިސަމްސަލެއްގެ ބޭކިންޕައުޑަރު
ސައިސަމްސަލެއްގެ ވެނީލާ އެސެންސް
މޭޒުމަތީ ދެ ސަމްސަލުގެ ޖޭމް

ފިހާނެގޮތް

އެންމެފުރަތަމައިން، ބަޓަރު ތެރެއަށް ހަކުރާއި، ކުކުޅުބިހާއި، ގޮދަންފުށް، މަދުމަދުން އަޅުއްވަމުން، އެއް ކުރައްވަމުން ގެންދަވާށެވެ. ކޮންމެބިހެއް އަޅުއްވަވާފައި، ވަރަށް ރަނގަޅަށް އެއްކުރައްވަންވާނެ އިނގޭތޯއެވެ؟ ރަނގަޅަށް އެއްވުމަށްފަހު، ރަހަލާވަރަށް އެސެންސް އަޅުއްވަވާފައި، އެއްކުރައްވާށެވެ. އެންމެފަހުން ބޭކިންޕައުޑަރު ކޮޅު އެއްކުރައްވާށެވެ....

ކޭކުފިހާ ކަހަލަ ދަޅެއްގެ އެތެރޭގައި، ރަނގަޅަށް ބަޓަރު އުގުޅުއްވާށެވެ. ތައްޔާރުކުރެއްވި ފުށްތައް، ދަޅުގެ ތެރެޔަށް އަޅުއްވަވައިގެން ދޮޅުގަޑިއިރުވަންދެން ފިއްސަވާށެވެ.