ލައިފްސްޓައިލް

ރައީސް އަމީންގެ ރެސިޕީ: ފެންބަތް

ފެންބަތަކީ،... އާދެ! ހަމަ ފެންބަތެވެ. އިތުރު ތައާރަފު އަކަށް ބޭނުމެއްނުވާ ފެންބަތެވެ. ކޮންމެ އެއްޗަކާ އެކުވެސް، ކެވޭ ފެންބަތެވެ. ދުވަހަކުވެސް ދެގޮތެއްނުވާ ފެންބަތެވެ.

ބޭނުންވާތަކެތި

ހަޑޫ، ފެން

ކައްކާނެގޮތް

މިޔަށްވުރެ ހަމަޖެހިގެން ތިބެ، ކެއްކޭނެ އެއްޗެއް އެބައޮތްތޯއެވެ؟ އާދޭހެވެ! އެއްޗެތި އަޅާނެ އަދަދުތައް ހޯދަންވެގެން، ސިކުޑިހަލާކުކުރާކަށް ނުޖެހެ އެވެ. ފެންބަތް ކެއްކުމުގައި، ދެގޮތް އޮންނަ ކަމަށް އަޅުގަޑު އެއްބަހެވެ. އެއީ، ލުހެގެން ކެއްކުމާއި ނުލުހެ ކެއްކުމެވެ. ޖެހިލުމެއްނެތި އަޅުގަޑު ހެކި ދެނީ، ނުލުހެކެއްކުމަށެވެ.
ސަބަބަކީ، ލުހެގެން ކެއްކުމުން، ހަޑުލުގައި ހުންނަ ހުންނަހާ ވިޓަމިންތައް މުޅީން ގެއްލިގެންދާކަމެވެ.
ހަޑޫނާޅިއެއްގެ ފެންބަތް ކައްކަމާ ހިންގަވާށެވެ. އެންމެ ފުރަތަމައިން، ހަޑޫ ރަގަޅަށް ދޮންނަވާށެވެ. ކައްކަވާ ތެލިބުރިއަށް ހަޑޫ އަޅުއްވާފައި، ހަޑޫގަޑުގެ މައްޗަށް ތިން އިގިއްޔެއްހާ ފެން އަޅުއްވާށެވެ. އާދޭހެވެ! ލިބެންހުރި ނަމަ ސާފުވާރޭ ފެނެވެ. އުދުން މައްޗަށް އުއްދަވައިގެން ކައްކަވަމުން ގެންދަވާ ހިދޭން ފެށުމުން، މަޑު ގިންޏަށް ހައްދަވާށެވެ... ރަގަޅަށް ހިދުމަށްފަހު ބާލުއްވާށެވެ.