ކާނާ

ރައީސް އަމީންގެ ރެސިޕީ: ކަނަމަދު ރެސިޕީ

May 22, 2018

ބޭނުންތަކެތި

ކަނަމާދު ރާތާ 1، ހަކުރު ރާތާ 1، ކުޑަ ގިތެޔޮ ފޮދެއް، ރަހަލާވަރަށް ކާފޫރުތޮޅި އޮށްކޮޅެއް،

ކައްކާނެ ގޮތް

އެންމެ ފުރަތަމައިން ކަނަމަދު މައްޓަވައިގެން ފުނޑުއްވާށެވެ. ފުއްތައް ވަކިކޮށްލައްވާށެވެ. ގިތެޔޮފޮދުގެ ތެރެއަށް ލައްވައިގެން މީރު ކުރައްވާށެވެ. ކަނަމަދު ފުށާއި ހަކުރާއި ކާފޫރުތޮޅި އޮށްކޮޅާއި ގިތެޔޮފޮދު ރަނގަޅަށް ރަނގަޅަށް އެއް ކުރައްވާށެވެ. އުނދުން މައްޗަށް އުއްދަވައިގެން، ކައްކަވައި، ހިއްލަވައި، ބާލުއްވާށެވެ.

ރައީސް މުހައްމަދު އަމީން އަކީ ރާއްޖޭގެ ވެރިންގެ ތެރެއިން ހަމައެކަނި ރެސިޕީ ފޮތެއް ލިޔުއްވި ބޭފުޅާ އެވެ. "ކަރުނަޔާ ނުލާ ކެއްކުން" މި ނަމުގައި ރައީސް އަމީން ވަނީ ރެސިޕީ ހިމަނައިގެން ދެ ފޮތް ލިޔުއްވައިފަ އެވެ. މި ފޮތުގައި ހިމެނޭ ރެސިޕީތައް ރޯދަ މަހު ދެ ދުވަހުން އެއް ދުވަހު ގެނެސްދޭނެ އެވެ. އަމީންގެ ރެސިޕީތައް ހިމެނޭ "ކަރުނައާ ނުލައި ކެއްކުން" ނޮވެލްޓް ބުކްޝޮޕްުން ލިބެ އެވެ.