ލައިފްސްޓައިލް

ރައީސް އަމީންގެ ރެސިޕީ: ދަނޑިއަލުވި ބޯކިބާ

May 20, 2018
4
ދަނޑިއަލުވި ބޯކިބާ ތައްޔާރު ކުރާނެ ގޮތް އަމީން ދީދީ ލިޔުއްވާފައިވާ ގޮތަށް -- މޯޝަން ގްރެފިކްސް | މާނިސް އަވަސް

ރައީސް މުހައްމަދު އަމީން އަކީ ރާއްޖޭގެ ވެރިންގެ ތެރެއިން ހަމައެކަނި ރެސިޕީ ފޮތެއް ލިޔުއްވި ބޭފުޅާ އެވެ. "ކަރުނަޔާ ނުލާ ކެއްކުން" މި ނަމުގައި ރައީސް އަމީން ވަނީ ރެސިޕީ ހިމަނައިގެން ދެ ފޮތް ލިޔުއްވައިފަ އެވެ. މި ފޮތުގައި ހިމެނޭ ރެސިޕީތައް ރޯދަ މަހު ދެ ދުވަހުން އެއް ދުވަހު ގެނެސްދޭނެ އެވެ.

ބޭނުން ތަކެތި

ދަނޑިއަލުވި
ގަބުލި ހުނި
ހަކުރު

ފިހާނެ ގޮތް

އެންމެ ފުރަތަމައިން، އަލުވި މައްޓަވައިގެން ގާނުއްވާށެވެ. ގޭނުއްވި އަލުވީގެ ގާތްގަނޑަކަށް 3 ބައި ހުންނަވަރަށް، ގަބުޅި ގާނުއްވާށެވެ. ދެބައި އެއް ކުރައްވައިގެން ފޮނި ހެޔޮވާވަރަށް ހަކުރު އަޅުއްވައިގެން މޮޑުއްވާށެވެ. ފިއްސަވާނޭ ތަވައެއްގައި، ކެޔޮފަތް އަޅުއްވާށެވެ. ފަތުގެ މައްޗަށް ފުށް އަޅުއްވައިގެން ފަތި އަންދަވަމުން ފިއްސަވާށެވެ.

ނޯޓް: ރައީސް މުހައަމަދު އަމީންގެ ރެސިޕީތައް ހިމެނޭ "ކަރުނައާ ނުލައި ކެއްކުން" ނޮވެލްޓް ބުކްޝޮޕްުން ލިބެ އެވެ.