ލައިފްސްޓައިލް

ރައީސް އަމީންގެ ރެސިޕީ: ރިހާކުރު ގަރުދިޔަ

Jun 1, 2018
5

ރިހާކުރު ގަރުދިޔައޭތޯއެވެ؟ އިތުރު ތައާރަފް ކުރުމަކަށް ބޭނުންވޭތޯއެވެ؟ ރިހާކުރު ގަރުދިޔަ ނުދަންނަ ދިވެއްސަކަށް ދިވެއްސެކޭ ކިއުމުގެ އެއްވެސް ހައްގެއްނެތް ކަން ކަށަވަރެވެ. އާދޭހެވެ! ރިހާކުރި ގަރުދިޔަ އަކީ، ދިވެހީންނަށް ހާއްސަ "ދިޔަ" ތަކުގެ ތެރެއިން، ވަރަށް ހާއްސަ ދިޔައެކެވެ.

ބޭނުންތަކެތި

- ރިހާކުރު، ބިލިމަގު، ހިކިމިރުސް، ލޮނު

ކައްކާނެގޮތް

އެއްޗިތި އަޅާނެ ވަރުތޯއެވެ؟. ރިހާކުރު ގަރުދިޔަ ކެއްކެވުމުގައި، އެއްޗެތި އަޅުއްވާނެވަރު، ހޯއްދެވުމުގެ މަސްއޫލިއްޔަތު ވާނީ ތިޔަބޭފުޅުންގެ ކޮޑުފުޅުގައި އަޅުއްވާށެވެ.

އެންމެފުރަތަމައިން، ރަގަޅަށް ރަހަދޭ ވަރަށް، ރިހާކުރި ފެނުގައި ގިރުއްވާށެވެ، ދެން ލޮނު ހެޔޮވަރު ކުރެއްވުމަށްފަހު، އުދުންމައްޗަށް އުއްދަވައިކައްކަވަން ފައްޓަވާށެވެ. ކެކޭން ފަށައިގަތުމާއެކު، ފިއްލެޔޮނަންގަވާން ފައްޓަވާންވާނެ އެވެ. ބާލާން ކައިރި ވީމާ، ހެޔޮވަރުވާނޭހީފުޅުވާ ވަރަކަށް ހިކިމިރުހާއި، ބިލިމަގު އަޅުއްވާށެވެ. ރަގަޅަށް ކެކުނީމާ ބާލުއްވާށެވެ.

ރައީސް މުހައްމަދު އަމީން ބޭނުންކޮށްފައިވާ މިންތައް މިހާރުގެ ގޮތަށް ބަދަލުކޮށްފައިވާ ޓޭބަލް.
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910