ލައިފްސްޓައިލް

ރައީސް އަމީންގެ ރެސިޕީ: ފިހުނުމަސް

Jun 7, 2018

ފިހުނުމަހަކީ،.... އާދެ، ފިހުނުމަހެވެ. އިތުރު ތައާރަފަކަށް ބޭނުންމެއް ނެތްކަން ކަށަވަރެވެ. ވަރަށް މީރު، ވަރަށް މަޝްހޫރު ކެއުމެކެވެ. ކޮންމެ ދިވެއްސެއްމެ، ހާރުކާއިރު، ފިހުނުމަހަށް ދަހިވެތިވާނޭ މިންވަރު އިހްސާސް ކުރެއްވުމަކީ، އުދަގޫފުޅުކަމަކަށް ނުވާނެ އެވެ. ފިހުނުމަހުގެ މީރުކަން ހަދުމަފުޅު ނެތްނަމަ، ރަގަޅަށް މަސްކޮޅެއް ފިހެލައްވައިގެން ހަދުމަފުޅު އާކޮށްލައްވާށެވެ.

ބޭނުންވާ ތަކެތި

މަސް
މިރުސް
ފިޔާ
އިގުރު
ލޮނު

ކައްކާނެގޮތް

ހެޔޮވަރުގެ މަހަކަށް ބޭނުންވާނީ..... އާދެ! އަޅުގަޑުހިތުން، ތިރީގައި މި ދަންނަވާ އަދަދަށް ހަވާދުނަންގަވަނިކޮށް އެންމެ ރަގަޅަށް ފުދޭނެއެވެ.

ހިކިމިރުސް ކުޅަދު 1 ބައި، ފިޔާ ކުޅަދު 3، އިނގުރު ކުޅަދު ބައި

އެންމެފުރަތަމައިން، މިރުހާއި ފިޔައާއި، އިގުރާއި ލޮނު ލައްވައިގެން ފުޑުއްވާށެވެ. ދެން "ފީހުނު" މަހަށް މަސް ކަޑުއްވައި، ރަގަޅަށް ދޮންނެވުމަށްފަހު، މަސްތައް އުލެއްގައި ޖައްސަވާށެވެ. ލޮނު ރަހަ ލާވަރަށް މަސް ފޮތީގައި ލޮނު އުގުޅުއްވާށެވެ. ދެން ކުރީން ފުޑުއްވި ލޮނުމިރުސް މަސްފޮތީގައި ރަގަޅަށް އުގުޅައްވާށެވެ.... މަސްފޮތި މިހާރު އޮންނާނީ ފިހާންތައްޔާރުވެފައެވެ. ރަގަޅަށް ރޯފިލަންދެން ފިއްސަވާށެވެ. ދެންނެވުމުގެ ބޭނުމެއް ނޯންނާނޭފަދަ އިން ފިއްސަވާނީ މަސްފޮތީގައި ނުޖެހޭ ފަދައިން، ދަށަށް އަލިފާން ލައްވައިގެންނެވެ. ފިހެނިމެވެންދެން ދެފުށަށް ޖައްސަވަމުންނެވެ.