ލައިފްސްޓައިލް

ރައީސް އަމީންގެ ރެސިޕީ: ވަޅޯމަހު ހިކި ރިހަ

May 24, 2018
1

ރައީސް މުހައްމަދު އަމީން ލިޔުއްވާފައިވާ ރެސިޕީ ފޮތް "ކަރުނައާ ނުލާ ކެއްކުން" މި ފޮތުގެ ރެސިޕީތަކުގެ ތެރެއިން މިއަދު މި އޮތީ ވަޅޯ މަހުން ހިކި ރިހައެއް ތައްޔާރުކޮށްލާނެ ގޮތެވެ. ތިރީގައި މި ހިމަނާލަނީ ރައީސް އަމީން އެ ފޮތުގައި ލިޔުއްވާފައިވާ ގޮތަށް އެ ރެސިޕީ އެވެ.

ބޭނުންވާތަކެތި

މަސްގަޑު 1، ފިޔާތޯލާ 5، ދިރިއަނާ 4، ދަވިއްގަދު ކުޅަދު، ހިކިމިރުސް ތޯލާ، ލޮނުމެދު 2، ރީދޫ އަނާ، ދެތިން ބިލުމަގު، ކާށްޓެއް، ކުޑަކުޑަ އޯބަތްކޮޅެއް، ހިކަދިފަތް.

ކައްކާނެ ގޮތް

އެންމެ ފުރަތަމައިނުން މަސްގަނޑު ތުނިކޮށް ލިއުއްވާށެވެ. ދެން.. އާދެ! ދިރި، ދަވިއްގަދު، ހިކި މިރުސް، ރީދޫ މިތަކެތި ރަނގަޅަށް ފުޑުއްވާށެވެ. ފިޔައާއި ލޮނުމެދު ކޮށްޓަވާށެވެ. ހަވާދާއި، މަހާއި، ފިޔައާއި ލޮނު މެދު ރަނގަޅަށް މޮޑުއްވާލައްވާށެވެ. އަސްތާ! އަދި ބިލިމަގު ކޮޅުވެސް ހަތަރު ފަޅިކޮށްލައްވާފައި އެއާއި އެއް ކޮށްލައްވާށެވެ. ކުޑަ ކިރުފޮދެއްގެ ތެރެއަށް ތައްޔާރުކުރައްވާފައިވާ މަސް އަޅުއްވައިގެން ހިކަދިފަތާއި އޯބަތްކޮޅާއި އަޅުއްވައިގެން ރަނގަޅަށް ރޯ ފިލަންދެން ކައްކަވާށެވެ.