މަތިންދާ ބޯޓުގައި ދަތުރުކުރާއިރު ރޯދަ ދޫކޮށްލެވިދާނެތަ؟

މަތިންދާ ބޯޓުން ދަތުރުކުރާ މީހާއަކީ އުނދަގުލަކާ ކުރިމަތިވުމެއް ނެތި ދަތުރުކުރާ މީހެކެވެ. މިފަދަ މީހުންނަށް ދަތުރުމަތީގައި ރޯދަ ދޫކޮލެވިދާނެ ހެއްޔެވެ؟

ޝަރުޢީ ގޮތުން އޭނާ އަށް ރޯދަ ދޫކޮށްލުން ހުއްދަވެގެން ވެއެވެ. އެކަން އޮތީ އޭނާގެ އަމިއްލަ އިޚްތިޔާރުގަ އެވެ. މަތިންދާ ބޯޓެއްގައި ވިޔަސް، ކަނޑު ބޯޓެއްގައި ވިޔަސް، އެއްގަމު ދުއްވާ އެއްޗެއްގައި ވިޔަސް، ޖަމަލެއްގައި ވިޔަސް މިކަމުގެ ޙުކުމަކީ އެއް ޙުކުމެކެވެ. ރޯދަ ދޫކޮށްލުމަކީ ދަތުރުވެރިޔާ އަށް ދެއްވާފައިވާ ލުއި ފަސޭހަ ކަމެކެވެ. އެ ލުއި ފަސޭހަ ކަމުގައި ހިފުމަކީ އޭނާގެ އިޚްތިޔާރުގައިވާ ކަމެކެވެ. އޭނާ ރޯދަ ދޫކޮށްފި ނަމަ ފަހުން އެ ރޯދަ ޤަޟާ ކުރުން ވާޖިބެވެ.