ރޯދަމަހުގެ ދުވާލު ހޮޓާތައް ހުޅުވުމަކީ ކޮންކަހަލަ ކަމެއް؟

ރެސްޓޯރަންޓްތަކާއި ސައި ހޮޓާތައް ރޯދަމަހުގެ ދުވާލު ހުޅުވާފައި ހުރުމަކީ ކޮންކަހަލަ ކަމެއް ހެއްޔެވެ؟

ރޯދަ މަހަށް އިޙްތިރާމް ކުރުމަކީ ވާޖިބުވެގެންވާ ކަމެކެވެ. ރެސްޓޯރަންޓްތަކާއި ސައިހޮޓާތަކުގެ ވެރިން އެތަންތަން ރޯދަމަހުގެ ދުވާލު ހުޅުވާފައި ބަހައްޓައިގެން ނުވާނެ އެވެ. ރޯދަ ވީއްލާ ވަގުތަށް ތައްޔާރު ކުރުމަށްޓަކައި ޢަޞްރުގެ ފަހުން ހުޅުވުމަކުން މައްސަލައެއް ނެތެވެ. އަދި މުޖުތަމަޢުގައި ދިރިއުޅޭ ބިދޭސީނަށް ޚާއްޞަ އިންތިޒާމުތަކެއް ހަމަޖެއްސުމަކީ މައްސަލައެއް ނޫނެވެ. އެކަންކަން ކުރިއަށް ގެންދަންވާނީ އިސްލާމީ މުޖުތަމަޢުގައި ރަމަޟާންމަހުގެ މުޤައްދަސްކަން ނުގެއްލޭ ގޮތެއްގެ މަތިންނެވެ.