ރައީސް އަމީންގެ ރެސިޕީ: ތެލުލި މަސް

ތެލުލި މަހަކީވެސް މީރު ކާ އެއްޗެކެވެ. ރޫސިހާ ބަތާއި ހަކުރާއި ކާއިިރު ނުވަތަ ރިހަ ބަތް ކާއިރު... އާދެ! ތެލުލި މަހަކީ، ވަރަށް މަތިވެރި ދަރަޖައަކަށް އޭގެ މީރުކަން އިތުރު ކުރާ އެއްޗެކެވެ.

ބޭނުންތަކެތި

ދަވިއްގަދު
ދިރި
ހިކިމިރުސް
ފިޔާ
އިގުރު
ކާށި ހުނި
މަސް
ކާށިތެޔޮ
ލޮނު

ކައްކާނެ ގޮތް

ހެޔޮވަރުގެ މަހެއްގެ މަސް ތެއްލުމަށް ތިރީގައި މި ބަޔާންކުރާ މިންވަރަށް ހަވާދު ނަންގަވަނިކޮށް ފުދިިދާނެ އެެވެ.

ހިކިމިރުސް ތޯލާ 1، 4 އަނާ
ލޮނުމެދު ތޯލާ 1
ދަވިއްގަަދު އަނާ 4
އިގުރު އަަނާ 8
އަސޭމިރުސް އަަނާ 4
ދިިރި އަނާ 4
ކާއްޓެއްގެ ހުނި

މަތީގައި ނަންގަނެވިފަައިވާ މި ހުރިހާ ތަކެއްޗެއް، ރަގަޅަށް ފުޑުއްވާށެވެ. ފުޑުއްވާއިރު ލޮނު ހެޔޮވަރު ވާ ވަަރަށް ލޮނު ލައްވާނެ ހަނދުމަފުޅު ކުރައްވާށެވެ. ފުޑުއްވެވި ހަވާދު ކޮށްޓަވާފައި ހުރި މަހުގައި ރަގަޅަށް އުގުޅުއްވަވާށެވެ. ކަރު ނޫން، ރަގަޅު ކާށިތެޔޮ ފޮދެއް އުދުން މައްޗަށް އުއްދަވާށެވެ. ތެޔޮފޮދު ރަގަޅަށް ކެކި ގަތީމައި، މަސް އަަޅުއްވައިގެން ރަގަޅަށް ތެއްލެވެންދެން ތެއްލަވާށެވެ.