ރޯދަ ހިފުމުން އިސްވެ ގޮސްފައިވާ ފާފަތައް ފޮހެވޭނެތަ؟

ފަރުޟު ރޯދަ ހިފުމުން އިސްވެ ގޮސްފައިވާ ފާފަތައް ފޮހެވޭނެ ހެއްޔެވެ؟

ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައި ވެއެވެ. "އީމާންކަމާ އެކު ﷲ ގެ ޙަޟްރަތުގައިވާ ޘަވާބާ ދަރުމައަށް އެދިގެން ރަމަޟާން މަހު ރޯދަ ހިފައިފި މީހާގެ އިސްވެ ގޮސްފައިވާ ފާފަތައް ފުއްސަވާ ދެއްވައެވެ."

މި ޙަދީސްގެ މަފްހޫމަކީ ފާފަތައް ފޮހެވޭނެ ކަމެވެ. ނަމަވެސް ބޮޑެތި ފާފަތަކުން ތައުބާވުމަކީ މުހިންމު ކަމެކެވެ.