އެންމެ ފުރަތަމައިނުންް ބަނބުކެޔޮ ގަހެއްގައި އެއްޗަކުން ޖަހައިގެން އެއިން ނިުކުންނަ ތަތްލަވާ ފާޑެއްގެ ކިރުގަނޑެއް ނަގަނީ އެވެ. އެ ކިރުގަނޑަށް ކާށިިތެޔޮ ފުޅިން އެޔަށް ތެޔޮ އަޅައި، ރަނގަޅަށް އެއްކޮށްލާ ދެމޭ ޗުއިންގަމް ގަނޑަކަށް ހަދަނީ އެވެ. ކާކަށް ނޫނެވެ. އެ ކިރުގަނޑު ދެން އުނގުޅާނީ ރޮއްޖެއްގަ އެވެ.
ރޮދީގައި ކިރުގަނޑުު އުނގުޅުމަށްފަހު ދަމާލާ ދެ އިލޮށި ރޮދީގެ ދެކޮޅުގައި ޖަހާ، ކުޑަވަރެއްގެ ހައްޔަރެއް ހެދުމަށްފަހު އޭތި ބިމުގައި ހަރު ކުރަނީ އެވެ. މިއީ 70ގެ އަހަރު ތަކުގައި ދިވެހިން ދޫނި ހިފަން އުޅުނު ގޮޮތުގެ ކުޑަ ހުލާސާ އެކެވެ. މިކަމުގެ ހުރި ފޯރި އާއި އެ ކިރުގަނޑު ހެދުމުގެ މަޖާ ސިފަކޮށްދޭ މީހުން މިއަދުވެސް ބުނަނީ އެއީވާ ދުވަސްވަރެކެވެ. ރައްޓެހި ކުދިންނާއެކު ހުސްވަގުތުގައި ދޫންޏެއް ހިފަން ޖެހި ސަކަރާތެވެ.
މި މީހުން ބުނާ ގޮތުގައި ދޫނި ހިފަަން އޭރު ނުދާ ތަނެއް ނޯވެ އެވެ. މާލެއިން މިހާރު މި ފެންނަ ކޮންކްރީޓް ސަަރަހައްދުތައް ނެތި ހުސް ބިންތައް ގިނަ ކަމުން ކޮންމެ ތަނެއްގައިވެސް މީގެ ރޮދި ޖަހަނީ އެވެ. އަދި ކުޑަކުދިން މަޖަލަށް ކުރި މި ކަމުގައި ބޮޑެތި މީހުންވެސް ބައިވެރިވެ ކިރުދޮށި ޖަހަން އުޅޭ ކަމަށްވެ އެވެ. ބިމުގައި ރޮދި ހަރު ކުރުމަށްފަަހު ދޫނި އޭގައި ބެދެންދެން ދުރުގައި ފޯރިމަރަަން ތިބޭ މަޖާ ދުވަސްވަރު ސިފަ ކޮށްދިނެވެ.
ކިރު ރޮދީގައި ދޫނި ހައްޔަރު ވުމުން މި ކުޅިވަރު އަދި ނިމެނީ އެއް ނޫނެވެ. މި ދޫނި ތަކަކީ އޭރު އޮޅު ކޮށްގެން ގެންގުޅެންް ހިފާ އެއްޗެހި ކަމަށްވުމުން، އޭގައި ތަަތްވި ވަރުގަދަ ކިރުގަނޑު ފިލުވުމަކީ ވެސް އެންމެން އެއްވެ ކުރި ކަމެއް ކަމަށް ބުނެ އެވެ. އެދުވަސްވަރު ހިފާ ދޫނި ތަކަކީ މިހާރު އަހަރުމެން ކޮށިކޮށްޓައް ލައިގެން ގެންގުޅޭ ކުދި ޕިންޗަރުތަކާއި ލަވް ބާޑު ތަކެއް ނޫނެވެ. އޭރު ކިރުރޮދީގައި ހައްޔަރު ކުރަނީ އިރުވާހުދު ކަހަލަ ބޮޑެތި ދޫންޏެވެ. ގޯތި ތެެރޭގައި އޮޅުކޮށްގެން އެތައް އަހަރެއް ވަންދެން އިރުވާހުދުތައް ގެންގުޅެ އެވެ. އަދި އަތިރިމަތިން ނަމަ ބުޅިތުނބި ކަހަލަ ދޫނިތައް ވެސް ހިފާ ކަމަށް ވެ އެވެ.
ނަމަވެސް، މި ދޫނިތައް ހިފައިގެން މައްސަލަ މުޅިން ގޯސްވެފައިވެސް އެބަ ހުއްޓެވެ. 1972 ވަނަ އަހަރު މޫންލައިޓު ނޫހުގައި ޖެހި އިއުލާނެއްގައި ބުނަނީ، މިހެނެވެ. "ބޯޅަދަނޑަށް އެރުމާއި ބެހޭ - މިހާރަކަށް އައިސް އާއްމުކޮށް މާލޭގެ ބޯޅަދަނޑުތަކަށް އަރައިގެން ދޫނި ހިފަން ދަނޑުގައި ކިރުރޮދި ޖެހުމާއި، ގުޑިއެރުވުން ފަދަ ކަންތައްތައްް ގިނަ ވަމުން އެބަ ދެ އެވެ. މިހެންވެ އަންގަމެވެ. މާލޭގެ ހަތަރު ބޯޅަދަނޑުން ކުރެ އެއްވެސް ބޯޅަދަނޑަކަށް މި ޑިވިޝަންގެ ހުއްދަނެތި އަރައިފި މީހަކާ މެދު ފެންނަ ގޮތެއްގެ މަތީން އަމަލު ކުރަންޖެހިިދާނެ ވާހަކަ އާއްމުކޮށް އެންގުމަށް އިއުލާން ކުރީމެވެެ"
މިއީ ދޫނި ހިފަން ދަނޑަށް ވަދެ މާ ސަކަރާތް ބޮޑުވުމުން ކުރި އިއުލާނެއް ކަމަށް ބެލެވެ އެވެ. އަދި އޭރުގެ މިނިސްޓްރީ އޮފް ހޯމް އެފެއާޒް އިން ކުރި މި އިއުލާނުގައި ބުނާ ގޮތުން، ހުއްދަ ނެތި ދަނޑަށް އަަރާ މީހުންނަށް "ފެންނަ ގޮތެއްގެ މަތީން" އަމަލު ކުރަން ޖެހިދާނެ ކަމަށް ބުނެފައި ވެ އެެވެ.
ބޯޅަދަނޑާއި ހުސްބިންތަކުގައި ރައްޓެހިން ކުދން އެއްވެލާ ކުޅުނު މި ކުޅިވަރަކީ ވެސް ފޯރިގަަދަ ވާދަވެރި ކަމެކެވެ. ރޮދިހަަރުކޮށް ފިލާ އޮވެ އެންމެ ކުރިން ދޫނި ބެދޭ ރޮދީގެ ވެރިޔާ އެ ދެން އެފަހަަރު މޮޅުވީ އެވެ. ދެން ތިބި މީހުން ޖެހޭނީ އެހެން ދުވަހަކުން އާ ފޯމިއުލާއަކަށް މޮޅު ކިރުގަނޑެއް ހަދާށެވެ.
މިހާރު މިކަން ނުކުރިއަސް މިޒާތުގެ ދޫނި ހިފުމެއްގައި މިހާރުވެސް ކުޑަކުދިން އުޅޭ މަންޒަރު ގޭގޭ ބެލްކަނިތަކުން ފެނެ އެވެ. އެކި ރަހަތައް ލާ ޗުއިންގަމް ކިރުގަނޑު އިލޮށީގައި ހަރުކޮށްގެން ދޫނި ހިފަން އުޅެ އެވެ.