ރައީސް އަމީންގެ ރެސިޕީ: ސާގު ފަނި

ބޭނުންތަކެތި

ސާގު
ހަކުރު

ކައްކާނެގޮތް

އެންމެ ފުރަތަމައިން، ސާގުކޮޅު ތެލިބުރިއަކަށް އަޅުއްވައިގެން، ފެން އަޅުއްވަވައިގެން މަޑުކޮށްލައްވާށެވެ. އާދެ! އުދުން މައްޗަށް އުއްދަވައި، ކައްކަވައިގެންނެވެ. ސާގުކޮޅު މަޑުވުމަށްފަހު ލުހެލައްވާށެވެ. ފޮނި ހެޔޮވަރުވާވަރަށް ފަނިފޮދެއް ގިރުއްވަވާށެވެ. ފަނިފޮދު ތެލިބުރިއަކަށް އަޅުއްވަވައި އުދުންމައްޗަށް އުއްދަވާށެވެ. އޭގެ ތެރެޔަށް ސާގުކޮޅު އަޅުއްވަވާށެވެ. ރަގަޅަށް ކެކުނީމާ ބާލުއްވަވާށެވެ.