ރައީސް އަަމީންގެ ރެސިޕީ: ސަންނެޓި

ސަަންނެޓި އަކީވެސް ބަބުކޭލުގައި ކައްކާ ވަރަށްވެސް މީރު އެއްޗެކެވެ. ރާއްޖޭގެ ރަށްތަކުގައި ވަރަށްވެސް ހާއްސަ ތަރުހީބެއް ދެވޭ "ލައިގެންކާ" އެއްޗެކެވެ. .. އޭގެ މީރުކަން އެނގޭނީ ... އާދެ! ހަމަ އެ ކޭ މީހަކަށެވެ.

ބޭނުންތަކެތި

ބަބުކެޔޮ ،ފިޔާ، ހިކި މިރުސް، ރީދޫ، އަސޭމިރުސް، ދިރި ، ލޮނުމެދު، ދަވިއްގަދު، ވަަޅޯމަސް، ލޮނު، ކާށި، ރިހާކުރު، އިގުރު

ކައްކާނެގޮތްް

ތަކެތި އަަޅާނޭ ވަރޭތޯ އެވެ؟.. ވާގޮތެއް ބައްލަވާނން، އަޅެ ތިރީގައި މި ދަންނަވާ އަދަދަށް ތަކެތި ނަންގަވަ ބައްލަަވާށެވެ.

ހެޔޮވަރު ވަރުގެ ބަބުކޭލެއް، ފިޔާތޯލާ 2، ދިރި އަނާ 2
ހިކިމިރުސް ކުޅަދު 1، ލޮނުމެދު 2، ރީދޫ އަނާ 1
އަސޭމިރުސް ކުޅަދު 1، ކާށްޓެއް، ރިހާކުރު ފޮދެއް
ދަވިއްގަދު އަނާ 4، ވަޅޯމަސް ގަޑެއް، އިގުރު ކޮޅެއް

އެންމެ ފުރަަތަމައިން، ދަވިއްގަދު، ދިރި، އަސޭމިރުސް، ރީދޫ ފިޔާ، އިގުރު، ލޮނުމެދު، މި ތަކެތި މި ހަވާދުގެ ގާތްގަޑަކަށް ދެބައިކުޅަ އެއްބައވަރުގެ ހުނިކޮޅެއް ލައްވައިގެން ރަގަޅަށް ފުޑުއްވާށެވެ. ދެން.. އާދެ! ދެން ބަބުކެޔޮ ކޮށްޓެވުމަށްފަހު، ރަގަޅަށް ދޮންނަވާށެވެ.
ކޮށްޓެވި ބަބުކެޔޮ މަޑުކުރަން އުއްދަވާށެވެ. މަޑު ކުރައްވާނީ ލޮނު ލައްވައިގެންނެވެ. ކެކިގަތީމާ، ހަަވާދު އަޅުއްވާ އެއްކުރައްވާށެވެ. އަދި ރަހަލާވަރަށް، ރިހާކުރު ކޮޅެއްވެސް އަޅުއްވާށެވެ. ރަގަޅަށް ކެކި ރަގަޅަށް މަޑު ވުމަށްފަހު، ލޮނު ހެޔޮވަރު ކުރަށްވައި ބާލުއްވާށެވެ. ކުރިމަތިފުޅުގައި ހުންނާނީ ފައްކާ ސަންނެޓި ތެއްޔެކެވެ.