ރައީސް އަމީންގެ ރެސިޕީ: ބޯކިބާ

ބޭނުންތަކެތި

ހަޑޫ ނާޅި 1
ފުށާ އެއްވަރުވާވަރަށް ގަބުޅި ހުނި

ފިހާނެ ގޮތް

ހަޑޫކޮޅު ރަގަޅަށް ފުޑުއްވަވާށެވެ. ގަބުޅީން ހުނި ގާނުއްވަވާށެވެ. ފުށާއި ގާތްގަޑަކަށް އެއްވަރު ވާވަރަށް ހުނި ނަންގަވައި ދެބައި އެއްކޮށް ފުޑުއްވަވާށެވެ. ދެން، އޭގެ ތެރެޔަށް ހަކުރު އަަޅުއްވަވާށެވެ. ކިހާ ހަކުރެއްހޭ ތޯ އެވެ؟ ތިޔަ ލައިގަތީ ބޮޑު ވަޑާމަކާއެވެ. ދަންނަވާނީވެސް ކީކޭ ބާވަ އެވެ... އާދެ! ހަކުރު އަޅުއްވާނީ އެ ބޭފުޅަކަށް ފޮނިި ރަހަ ލާ ވަރަކަށެވެ. މާފެންފޮދެއް އެޅުއްވިއްޔާ، ރަހަ މީރުވާނޭ ކަން ކަށަވަރެވެ. ތަވާގައި، ފަތްއެޅުއްވުމަށްފަަހު، ފުށްތައް އަޅުއްވާށެވެ. އުދުންމައްޗަށް އުއްދަވައިގެން، މަތިންވެސް އެންދެވުމާއެކު ފިއްސަަވާށެވެ.