
މާލެ، 27 ޖުލައި 2018 - ނަމާދު ކުރަނީ: ތަރާވީހު ނަމާދު މާލެގެ ގިނަ މިސްކިތްތަކުގައި ކުރޭ
-- ފޮޓޯ: އަވަސް އާކައިވް

ގޭގައި ތަރާވީސް ނަމާދު ކުރެވިދާނެ ހެއްޔެވެ؟ އަދި ވިހި ރަކުޢަތައްވުރެ ގިނައިން ކުރެވިދާނެ ހެއްޔެވެ؟ ތަރާވީޙަކީ "ޤިޔާމު ލައިލް" ކަމުގައި ބެލެވިދާނެ ހެއްޔެވެ؟
ތަރާވީޙް ނަމާދަކީ ސުންނަތް ނަމާދެކެވެ. އަދި އެއަށް " ޤިޔާމް ލައިލް" ރޭގަނޑުގެ ނަމާދު ވެސް ކިޔައެވެ. ޢިޝާ ނަމާދުގެ ފަހުން ފަތިސް ނަމާދާ ދޭތެރޭ ކުރެވޭ ކޮންމެ ނަމާދަކަށް ރޭގަނޑުގެ ނަމާދު ކިޔެއެވެ. ތަރާވީޙް ނަމާދު ގޭގައި ވެސް ކުރެވިދާނެއެވެ. މިސްކިތުގައި ވެސް ކުރެވިދާނެއެވެ. އެކަނި ވެސް ކުރެވިދާނެއެވެ. ޖަމާޢަތުގައި ވެސް ކުރެވިދާނެއެވެ. އަދި ވިހި ރަކުޢަތައްވުރެ އިތުރަށް ވެސް ކުރެވިދާނެއެވެ. ބައެއް ޢިލްމުވެރިން ވިދާޅުވާ ގޮތުން ތަރާޥީޙުގެ މަދުމިނީ އަށް ރަކުޢަތެވެ. ގިނަވެގެން ވަކި ޢަދަދެއް ނެތެވެ. ވިހިވެސް ކުރެވިދާނެއެވެ. އެގާރަވެސް ކުރެވިދާނެއެވެ. ތޭރަ ވެސް ކުރެވިދާނެއެވެ. އެއަށް ވުރެ އިތުރަށް ވެސް ކުރެވިދާނެއެވެ.