ރައީސް އަމީންގެ ރެސިޕީ: ހަޑުލު ބޮނޑިބަތް

ބޭނުންތަކެތި

ހަޑޫލާހި 1
ހަކުރުގާ 4
ކާށިބައެއްގެ 1/3 ހުނީގެ ބޯކިރު
ކުޑަ ފިނިފެންފޮދެއް

ކައްކާނެގޮތް

އެންމެފުރަތަމައިން، ކުރީގައި ނަންގަންފައިވާ ތަކެތި، އާދައިގެ ގޮތުގެ މަތީން، ތަައްޔާރު ކުރައްވާށެވެ. ތައްޔާރު ކުރެވެއްޖެ ދޮގެއްތޯ އެވެ އާދެ! އެންމެ ރަގަޅެވެ. ކައްކަވާނޭ، ލޯގަޑަށް ނުވަތަ، ތެލިބުރިއަށް، ތައްޔާރު ކުރައްވާފައިވާ ހަޑޫކޮޅު، އަޅުއްވާށެވެ. ދެން އޭގެ ތެރެޔަށް ފެންފޮދެއް އެޅުއްވުމަށްފަހު، އުދުން މައްޗަށް އުއްދަވާށެވެ. ކިހާ ފެނެއްހެއްޔޭތޯ އެވެ؟ އަޅުގަޑު ހިތުން ހަޑޫގަޑުގެ މައްޗަށް 2 އިންޗިއެއްހާ ފެން ހުންނަން ވާނެ ވަރަށް، އަޅުއްވަނިކޮށް އެންމެ ރަގަޅުވާނެ އެވެ. ނަމަވެސް، ފެން އެޅުއްވުމުގެ މިނަކީ އެކި ބާވަތުގެ ހަޑުލަށް، ތަފާތު ކުރައްވަން ޖެހޭނެ އެއްޗެކެވެ... އާދެ! ފެން އަޅުއްވާނޭ މިން ހޯއްދަވަން ޖެހިވަޑައިގަންނަވާނީ، އެ ބޭފުޅެއްގެ ވިސްނުންފުޅު ބޭނުންކުރައްވައިގެންނެވެ.

ތެލިބުރި އުދުންމައްޗަށް އުއްދަވައިދެން، ކައްކަވަން ފައްޓަވާށެވެ. .. ކެކި، ހަޑުލުގެ އާރުފިލީމާ، ހަކުރުކޮޅު އަޅުއްވާލައްވާށެވެ. އަނެއްކައިވެސް ކައްކަވަމުން ގެންދަވާށެވެ. ރަގަޅަށް ކެކުނީމައި، ބޯކިރުފޮދު އަޅުއްވައިގެން ހައްލަވައި އެއްކޮށްލައްވާށެވެ... ފިނިފެންފޮދެއް އަޅުއްވާފައި ބާލުއްވާށެވެ.