
09 މޭ 2019: މާލެ - މި އަހަރުގެ ފިތުރު ޒަކާތް ބަލައިގަންނަނީ: ފިތުރު ޒަކާތަކީ ކޮންމެ މީހެއްގެ މައްޗަށް އޮތް ވާޖިބެއް
-- އަހްމަދު އަޔާދު | އަވަސް

ފިޠުރު ޒަކާތް ނެރުމުގެ ވަގުތަކީ ކޮބާ؟
ޢީދުގެ އެއް ދުވަސް ކުރީން ނުވަތަ ދެދުވަސް ކުރީން ފިޠުރު ޒަކާތް ނެރެވިދާނެއެވެ. ރޯދަ މަހުގެ ކުރީ ކޮޅު، ނުވަތަ ފަހުކޮޅު، ނުވަތަ ރޯދަމަހުން ކޮންމެ ދުވަހެއްގައިވެސް ފިޠުރު ޒަކާތް ނެރުން ހުއްދަކަމުގައި ޝާފިޢީ މަޒުހަބުގެ ޢިލްމުވެރިން ދެކިލައްވައެވެ. ފިޠުރު ޒަކާތް ނެރުމުގެ ފަހު ވަގުތަކީ ޢީދު ނަމާދަށް މީސްތަކުން ނިކުތުމުގެ ކުރިއެވެ.