ރައީސް އަމީންގެ ރެސިޕީ: ބަށީގެ ހިކިރިހަ

ބޭނުންތަކެތި

ބަށި، ކޮތަބިރި، ދަވިއްގަދު، ދިރި، ރީދޫ، އަސޭމިރުސް، ހިކިމަސް، އިގުރު، ފިޔާ، ލޮނުމެދު، ހިކިމިރުސް، ފޮނިތޮށި، ކާށިތެޔޮ، ގިތެޔޮ، ހިކަދިފަތް، ރާބާފަތް

ކައްކާނެ ގޮތް

އާދެ! އަނެއްކާ، އެއްކަލަ ކަންތައް ޖެހުނީ އެވެ. ތަނެތި ނަގާނޭވަރު ކަޑައަޅަންވީ އެވެ. ރިހައެއް ކެއްކުމުގައި މިއަށްވުރެ ބޮޑުވާކަމެއް ނޯވޭ ދޮގެއްތޯ އެވެ؟ ނަމަވެސް،.. އާދެ! ކޮންމެ ގޮތެއް ވިޔަސް ތިރީގައި މި ދަންނަވާ ވަރަށް ތަކެތި ނަންގަވާށެވެ.

ބަށި ރާތާ 2، އިގުރު 1 ކުޅަދު 7 މަދޮށި
ކޮތަބިރި ތޯލާ 1، ފިޔާ ތޯލާ 6
ދިރި މަދޮށި 6، ލޮނުމެދު ކުޅަދު 1
ދަަވިއްގަދު " 7، ހިކިމިރުސް " 1
ރީދޫ " 5، ފޮނިތޮށި މަދޮށި 7
އަސޭމިރުސް " 5، ކާށިތެޔޮ ލާހި 1
ހިކިމަސްކޮޅެއް، ގިތެޔޮގާ 1/2
ހިކަދިފަތް ކޮޅެއް، ރާބާފަތް ކޮޅެއް

އެންމެ ފުރަތަމައިން، ހަވާދު ރަގަޅަށް ހަނާ ކުރައްވައިގެން ފުޑުއްވަވާށެވެ. ބަށިކޮޅު ބޭނުންފުޅު ވަރަކަށް ކޮށްޓަވާ ލައްވައިގެން، ކަރު ނޫން ކާށިތެލުގައި ރޯފިލަންދެން ތެލުލައްވާށެވެ. ފިޔާކޮޅު ކޮށްޓަވައިލައްވާށެވެ. ދެން އާދެ! ގިތެޔޮފޮދު މީރު ކުރައްވަން އުއްދަވާށެވެ. އާދެ! ކައްކަވާނޭ ތެލިބުރީގަ އެވެ. ގިތެޔޮޮ މީރު ކުރައްވާނީ ފިޔައާއި ހިކަދިފަތާ، ރާބާފަތާއި ފޮޮނިތޮށި އަޅުއްވައިގެންނެވެ. ގިތެޔޮފޮދު ރަތްވާން ފެއްޓެވީމައި، ހަވާދާއި މަސް ކޮޅާއި ބަށްޓާއި، ތެލީގެ ތެރެއަށް އަޅުއްވާށެވެ. ލޮނު ލައްވާށެވެ. ކުޑައިކޮން ފޮނި ރަހަ ލާވަރަށް ހަކުރު ކޮޅެއްވެސް، އެޅުއްވިއްޔާ ރަގަޅު ވާނެ އެވެ. ރަގަޅަށް ކެކުނީމާ ލޮނު ހެޔޮވަރު ކުރައްވަވާާފައި ބާލުއްވާށެވެ.