އަންހެނާއަށް ގޭގައި އިޢުތިކާފަށް އިދެވިދާނެތަ؟

އަންހެނާ އަށް ގޭގައި އިޢްތިކާފަށް އިދެވިދާނެ ހެއްޔެވެ؟

އިޢްތިކާފަކީ މިސްކިތައް ޚާއްޞަވެގެންވާ އަޅުކަމެކެވެ. އެއީ އަޅުކަމުގެ ނިޔަތުގައި މިސްކިތުގައި އިނުމެވެ. ޢާއިލީ ކަންކަމަށް ރިޢާޔަތް ކުރުމާއެކު އަންހެނުންނަށް ވެސް މިސްކިތުގައި އެކަނބަލުންނަށް ޚާއްޞަ ވެގެންވާ ބައިގައި އިޢުތިކާފަށް އިނުމަކީ ހުއްދަ ވެގެންވާ ކަމެކެވެ.