ރައީސް އަމީންގެ ރެސިޕީ: ބޮޑު ފިޔާ ސަޓަނި

އެންމެ އާއްމު ސަަޓަންޏަކީ، ބޮޑު ފިޔާ ސަޓަންޏެވެ. އެހެންކަމުން، އެންމެ ފުރަތަމައިން ސަޓަނިކޮޅެއް ހެދޭތޯ އަޅުގަޑު ބަލާނީ ބޮޑު ފިޔާ ކޮޅެއްގަ އެވެ.

ބޭނުންތަކެތި

ފިޔާ
ރޯމިރުސް
ލުބޯ
ލޮނު

ހަދާނެ ގޮތް

ބޮޑު ފިޔާ ގައު 1
ލުބޯ 1
ރޯމިރުސް 4
ލޮނު

ފިޔާކޮޅު ނޮޅުއްވަައިގެން، ތުނިކޮށް ރީތިކޮށް ކޮށްޓަވާށެވެ. މިރުސްކޮޅުވެސް ރީތިކޮށް ކޮށްޓަވާށެވެ. ކޮށްޓެވި ފިޔައާއި މިރުސްކޮޅު، މޮޑުއްވެވޭ ވަރުގެ ތައްޓަކަށް އަޅުއްވަވައިގެން ލުބޯހުތް އަޅުއްވައިގެން ރަގަޅަށް މޮޑުއްވަވާލައްވާށެވެ. ދެން... އާދެ! ލޮނު ހެޔޮވަރު ކުރައްވާށެވެ.