ރޯދައަށް ހުރެ އަނދުން އެޅުމުން ރޯދަ ގެއްލޭނެތަ؟

ރޯދަ އަށް ހުރެ ލޮލުގައި އަނދުން އެޅުމުން ރޯދަ ގެއްލޭނެ ހެއްޔެވެ؟

މި މައްސަލައިގައި އިލްމުވެރިންގެ މެދުގައި ޚިލާފެއް ވެއެވެ. ބައެއް ބޭކަލުން ދެކިލައްވަނީ އެއީ މަކްރޫހަ ކަމެއް ކަމުގައެވެ. މިއީ އިމާމު އަޙްމަދުގެ ރައުޔެވެ. ނަމަވެސް އެހެން ބޭކަލުން ވިދާޅުވަނީ އެއީ ހުއްދަ ކަމެއް ކަމުގައެވެ. އެއީ ޢާއިޝަތުގެފާނުގެ އަރިހުން ރިވާވެގެން ވެއެވެ. "އިތުރު އެކަލޭގެފާނު ރޯދަ އަށް ހުންނަވައިގެން އަނދުން ތުރު ކުރެއްވި އެވެ."

މިއިން ދޭހަވަނީ އެއީ ހުއްދަވެގެންވާ ކަމެއްކަމެވެ. ލޮލުލުގެ ތެރެއިން އެތެރަހައްޓަށް އަނދުނެއް ނުދާނެ އެވެ. ރޯދަ ގެއްލުންވަނީ އެތެރެހައްޓަށް ވާޞިލުވާ ދޮރަކުން އެއްޗެއް ވާޞިލު ވެއްޖެ ނަމައެވެ. މިހެންކަމުން ފައިގައި ހީނާފަތް އެޅުމާއި ލޮލުގައި އަނދުން އެޅުން ފަދަ ކަންކަމުން ރޯދަ ނުގެއްލޭނެތެވެ.