ރައީސް އަމީންގެ ރެސިޕީ: ސަންބޯސާ

ބޭނުންތަކެތި

ހަޑޫ، ބޯކިރުފޮދެއް، ވަޅޯމަސް، ފިޔާ، ހުތް، މިރުސް، ލޮނު، ކާށިތެޔޮ

ހަދާނެގޮތްް

އެންމެ ފުރަތަމައިން، ހަޑޫ ހިމުންކޮށް ފުޑުއްވަވާށެވެ. ބޯކޮށްފަތްގަޑެއްގައި ޖައްސަވާށެވެ. ފެން އެއްޗެއް ކައްކަވަން އުއްދަވާށެވެ. ފެން އެތި ރަގަޅަށް ކެކިގަތުމަށްފަހު، ފަތްގަޑުގައި ޖެއްސެވި ފަތަފޮޅި ފެން އެތީގެ ތެރެޔަށް ލައްވަވާށެވެ. ދެބައިކުޅަ އެއްބައި ރޯ ފިލުމަށްފަހު، ނަންގަވާށެވެ. ފުށްގަޑު ރަގަޅަށް މޮޑުއްވަވާށެވެ. ގޮށްތައް ވިރުވައިލައްވާށެވެ. ބޯކިރުފޮދު ޖައްސަވައިގެން، އަނެއްކައިވެސް، ފުށްގަޑު މޮޑުއްވަވާށެވެ.

އާދާގައިމަސް މޮޑޭ ގޮތަށް، ރަހަތައް ހެޔޮވަރުކޮށް މަސް މޮޑުއްވަވާށެވެ. ކިބާ ވަރެއްގައި، ފުށްގަޑު ތުނިކޮށް ދަންމަވާށެވެ. ހޮލިއަކުން ކަޑުއްވަވަމުން "ފޮތި" ތަކުގެ ތެރެޔަށް މަސް އަޅުއްވަމުން، ފަތް ޖައްސަވަމުން، ތުން އަބުރުއްވަމުން ގެންދަވާށެވެ. ... ތެޔޮ ފޮދެއްގައި ތެލުލައްވާށެވެ.