ވިޔަފާރި

އުރީދޫ މަސް ރޭސް ކާމިޔާބު ކުރީ މިލައިދޫ

Jun 4, 2019
1

ކޮންމެ ރޯދަ މަހަކު އުރީދޫން ބާއްވާ އުރީދޫ މަސްރޭހުގެ 10 ވަނަ ސީޒަން "ޓީމް ބޮއި ބައި މިލައިދޫ" އިން ކާމިޔާބު ކޮށްފިއެވެ.

ފޯރިގަދަ ފައިނަލެއްގައި ސްޓެލްކޯ މެން، ސްޓެލްކޯ ވިމަން، އަދި ޓީމް ވެލައްސަރާއި ވާދަކޮށް، މި އަހަރުގެ އުރީދޫ މަސްރޭހުގެ ޗެމްޕިއަން ޓިމާއި، އެންމެ މޮޅު މަސްވެރިން ވަނީ ހޮވާފަ އެވެ.

އުރީދޫ މަސް ރޭހުގެ ޗެމްޕިއަން ޓީމަށް ބައިލައްކަ ރުފިޔާ ދީފައިވެ އެވެ. އެ ޓީމުން ވަނީ މި ފައިސާގެ އިނާމު ކުޑަކުދިންގެ ހިޔާއަށް ހަދިޔާކޮށްފަ އެވެ.

މުޅި މުބާރާތުގައި އެންމެ ބަރު މަސް ބާނާފައިވަނީ ޓީމް ވެލައްސަރުގެ އަމީން ކެޔޮޅެވެ. އޭނާ ބޭނި މަހުގެ ބަރުދަނުގައި 7.2 ކިލޯ ހުއްޓެވެ. އޭނާ ބާނާފައި ވަނީ ކަޅުއޮށްފާނަ އެކެވެ. އޭނާއަށް އިނާމުގެ ގޮތުގައި 5،000ރ. ލިބުނެވެ.

މުބާރާތުގައި އެންމެ ގިނަ މަސް ބޭނި ފިރިހެން މަސްވެރިއަކަށް ހޮވިފައިވަނީ 24 މަސް ބޭނި، ޓީމް ޑީއެސްސީގެ ޝިޔާޒް އެވެ. އޭނާއަށް 5،000ރ. ދިނެވެ. މުޅި މުބާރާތުގައި އެންމެ ގިނަ މަސް ބޭނި އަންހެން ބައިވެރިއަކީ 11 މަސް ބާނައިގެން ސްޓްލްކޯ ވިމަންސް ޓީމުގެ އަމީނާ އެވެ. އޭނާއަށް ވެސް 5000 ރުފިޔާ އާއި ރަންކޯރިއެއް ދިނެވެ.

މޮޅުވި ޓީމް ބޮއި އަށް 539.65 ޕޮއިންޓް ލިބިފައިވާއިރު، މިއަހަރުގެ އުރީދޫ މަސްރޭހުގެ ދެވަނަ ޓީމް، ސްޓެލްކޯ މެންސް ޓީމަށް ލިބިފައިވަނީ 205.85 ޕޮއިންޓެވެ. ތިންވަނަ ހޯދި ސްޓެލްކޯ ވިމަންސް ޓީމަށް ލިބިފައިވަނީ 95.25 ޕޮއިންޓެވެ