ތުރާކުނުން ރާޅުގުޑި ދަތުރު ނިންމާލުން

ރާއްޖޭގެ ދެކުނުން އުތުރަށް ކައިޓް ސާފުކުރުމަށް ފެށި "ރާޅުގުޑި" ހަރަކާތް ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ. ދަތުރުގެ އެންމެ ފަހު މަންޒިލަކީ ރާއްޖޭގެ އެންމެ އުތުރުގައި އޮތް ހއ. ތުރާކުނެވެ. ތުރާކުނަށް މިއަދު ދަތުރުގައި ބައިވެރިވާ ހަތަރު ކައިޓް ސާފަރުން ނައްޓާލީ ހއ. ހޯރަފުށިން މިއަދު ހަވީރު އެވެ. މި ދަތުރުގައި ހދ. ކުޅުދުއްފުށީގެ ބައެއް ކައިޓް ސާފަރުން ބައިވެރިވި އެވެ. ތުރާކުނަށް މިއަދު ހަވީރު ކައިޓް ސާފަރުން އައުމާއެކު އެ ރަށުން ވަނީ ވަރަށް ހޫނު މަރުހަބާއެއް ކިޔާފަ އެވެ. ފޮޓޯ: ސްލޯޓޭޕް
ރާޅުގުޑި ދަތުރުގެ ފަހު މަންޒިލެއްގެ ގޮތުގައި އެތުލީޓުން ތުރާކުނަށް އައުން - ފޮޓޯ: ސްލޯޓޭޕް