"ސުވާލު ފޮށީ" ގެ ނަމުގައި، އެސް.އެމް.އެސް މެދުވެރިކޮށް ކުޅޭ ފޯރިގަދަ ސުވާލު މުބާރާތެއް އުރީދޫ އިން ފަށައިފި އެވެ.
މި މުބާރާތް ކުޅެ، އެންމެ މޮޅު ސްކޯ ހޯއްދަވާ ބައިވެރިންނަށް އުރީދޫ އިން ވަނީ ސެމްސަން ގެލެކްސީ ސްމާޓް ފޯނު އަދި ސެމްސަންގް ގެލެކްސީ ބަޑްސް ހިމެނޭ، އެއް ލައްކަ ރުފިޔާގެ އަގުހުރި އިނާމު ހުށައަޅާފަ އެވެ.
ސުވާލު ފޮށި މުބާރާތުގައި ބައިވެރިވާ ކުޅުންތެރިންގެ އަމާޒަކަށްވާނީ، އެކި ލެވެލް ތަކަށް ބެހިފައިވާ މި ސުވާލު މުބާރާތުގައި އަހާލެވޭ ތަފާތު ސުވާލުތަކުގެ ޖަވާބު ރަނގަޅުކޮށް، ކުއިޒުން އެންމެ ގިނަ ޕޮއިންޓް ހޯދުމެވެ. އަންނަ މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ ހަތަރު ހަފްތާގެ މި ސުވާލު މުބާރާތުގައި ބައިވެރިވެވޭނީ، “GO” ޖެއްސެވުމަށް ފަހު 4646 އަށް އެސްއެމްއެސް ކޮށްގެންނެވެ.
ސުވާލު ފޮށި ކުއިޒްގައި ބައިވެރިވެ، ކޮންމެ ހަފްތާއަކުވެސް ލީޑަރބޯޑުގައި އެންމެ ކުރި ހޯދާފައިވާ ތިން ކުޅުންތެރިންނަށް ލިބޭ އިނާމުތަކުގެ ތެރޭގައި:
- ހަފްތާގެ އެންމެ މޮޅު ކުޅުންތެރިޔާ : ސެމްސަންގް ގެލެކްސީ އެސް 10
- ހަފްތާގެ ދެވަނަ އަށް މޮޅު ކުޅުންތެރިޔާ: ސެމްސަންގް ގެލެކްސީ އެމް 20
- ހަފްތާގެ ތިންވަނައަށް މޮޅު ކުޅުންތެރިޔާ: ސެމްސަންގ ގެލެކްސީ ބަޑްސް
ސުވާލު ފޮށި ކުއިޒް އާއި ބެހޭ އިތުރު މައުލޫމާތު ހޯއްދެވުމަށް، www.ooredoo.mv އަށް ނުވަތަ މައި އުރީދޫ އެޕް، އުރީދޫ ނެކްސްޓް، އަދި އުރީދޫގެ ސޯޝަލް ޗެނަލްތައް ފަދަ އެކުންފުނީގެ ކޮންމެ ޑިޖިޓަލް ޓަޗްޕޮއިންޓެއްވެސް މެދުވެރިކޮށް އުރީދޫގެ ޓީމާއި ގުޅާލައްވާށެވެ.