ޑަބްލިއުޓީއެމް: ޓޫރިޒަމްގެ އެންމެ ބޮޑު އީދު

ޑަބްލިއުޓީއެމް 2019 ފެއާގެ ސްޓޯލެއް: ފެއާގެ ތެރެއިން ގައުމުތަކުގެ ސަގާފަތް ވެސް ދައްކާލަނީ -- ފޮޓޯ: ހާފް ކޯޓް: ޝަޔާހު
ޑަބްލިއުޓީއެމް 2019 ފެއާގެ ސްޓޯލެއް: ފެއާގެ ތެރެއިން ގައުމުތަކުގެ ސަގާފަތް ވެސް ދައްކާލަނީ -- ފޮޓޯ: ހާފް ކޯޓް: ޝަޔާހު
އިނގިރޭސި ވިލާތުގެ ލަންޑަންގައި މިހާރު ކުރިއަށްދާ ވޯލްޑް ޓްރެވަލް މާކެޓް (ޑަބްލިއުޓީއެމް) އަކީ ދުނިޔޭގައި ބާއްވާ ޓޫރިޒަމްގެ އެންމެ ބޮޑު އެއް އިވެންޓެވެ. ޑަބްލިއުޓީއެމް ފެށުން އައިސްފައިވަނީ 1980 ވަނަ އަހަރު، އޮލިމްޕިއާ ލަންޑަންގައި ބޭއްވި ޓޫރިޒަމް ފެއާއަކުންނެވެ. ލަންޑަން ޑަބްލިއުޓީއެމްގެ ފުރަތަމަ ފެއާ ހުޅުއްވައި ދެއްވީ ޑިއުކް އޮފް ކެންޓެވެ. ޖެހިގެން އައި އަހަރު މި ފެއާ ހުޅުއްވައި ދެއްވީ ޕްރިންސަސް އެލެގްޒެންޑްރާ އެވެ.
ޑަބްލިއުޓީއެމް ފެއާގައި އެންމެ ތާރީހީ އަދި އެންމެ ކުލަގަދަ ހުޅުވުމުގެ ރަސްމިއްޔާތެއް ބާއްވާފައިވަނީ 1985 ވަނަ އަހަރު އެވެ. އެ އަހަރުގެ ފެއާ ހުޅުވައި ދެއްވީ ޕްރިންސަސް ޑާނާޔާ އެވެ. އާންމުކޮށް ވެސް އެތަކެއް ހާސް މީހުން ޖަމަވާ ފެއާ ހުުޅުވައި ދެއްވަން އަކަމަނާ ވަޑައިގެންނެވުމުން އިތުރަށް އެތަކެއް ހާސް ބަޔަކު އެ ފަހަރު ޖަމާވި އެވެ. އެފަހަރު ފެއާ އޮތް އޮލިމްޕިއާ ފުރި ސެކިއުރިޓީ ބަލަހައްޓަން ގޮންޖެހުން ތަކާ ވެސް ދިމާވި އެވެ.

ޑަބްލިއުޓީއެމް 2019 ފެއާގެ ސްޓޯލެއް: ފެއާގެ ތެރެއިން ގައުމުތަކުގެ ސަގާފަތް ވެސް ދައްކާލަނީ -- ފޮޓޯ: ހާފް ކޯޓް: ޝަޔާހު
ޑަބްލިއުޓީއެމް 2019 ފެއާގައި ރާއްޖޭގެ ސްޓޯލް -- ފޮޓޯ: ހާފް ކޯޓް: ޝަޔާހު
ދުނިޔޭގެ ޓޫރިޒަމްގެ ތާރީހު ބަދަލު ކޮށްލި ޑަބްލިއުޓީއެމް ފެއާއަށް އައި ތާރީހީ އަނެއް އަހަރަކަށްވީ 1989 ވަނަ އަހަރެވެ. އެއީ ފެއާ މެދު ކެނޑުމެއްނެތި ބާއްވާތާ 10 ވަނަ އަހަރު ފުރުމެވެ. މި އަހަރަކީ ޑަބްލިއުޓީއެމް ބާއްވާތާ 40 ވަނަ އަހަރެވެ.
ޑަބްލިއުޓީއެމް 2019 ފެއާގެ ސްޓޯލުގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު -- ފޮޓޯ: ހާފް ކޯޓް: ޝަޔާހު
ޓޫރިޒަމްގެ މި އަހަރުގެ ބޮޑު އީދު މިއަދު ނިމޭނެ އެވެ. ދުނިޔޭގެ ޓޫރިޒަމްގެ އެންމެ އިސް ފަރާތް ތަކުން މި އަހަރު ވެސް ބައިވެރިވެފައިވެ އެވެ. މި އަހަރުގެ ފެއާގައި ޓޫރިޒަމް ސިނާއަތުގެ 5،000 އަށްވުރެ ގިނަ ފަރާތް ތަކުން ބައިވެރިވި އެވެ.
ޑަބްލިއުޓީއެމް 2019 ފެއާގެ ސްޓޯލުގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ދި ޑިއުންސް ބޭންޑުގެ ކުދިންނާއެކު -- ފޮޓޯ: ހާފް ކޯޓް: ޝަޔާހު
ޑަބްލިއުޓީއެމް 2019 ފެއާގެ ރާއްޖޭގެ ސްޓޯލް -- ފޮޓޯ: ހާފް ކޯޓް: ޝަޔާހު
މި އަހަރުގެ ޑަބްލިޓީއެމް ފެއާގައި ރާއްޖެއިން 63 ކުންފުންޏެއްގެ 163 މަންދޫބުން ބައިވެރިވި އެވެ. އަދި ފެއާގައި ހުންނަ ރާއްޖޭގެ ސްޓޯލްތަކުގައި ތަފާތު ހަރަކާތްތައް ކުރިއަށް ގެންދިޔަ އެވެ. މި ފެއާ އާ ގުޅުވައިގެން އިނގިރޭސިވިލާތުގެ މެންޗެސްޓާ އާއި ގްލާސްގޯ އާއި ޑަބްލިންގައި "ޖާނީ ޓް ދަ ސަނީ ސައިޑް އޮފް މޯލްޑިވްސް" ގެ ރޯޑް ޝޯ އެއް ބާއްވަން ވެސް ހަމަޖެހިފައިވެ އެވެ.