ހަބަރު

އޭސީސީގެ ކުރީގެ މެމްބަރުންގެ މައްސަލައެއް އެ ކޮމިޝަނުން ބަލަނީ

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ކުރީގެ މެމްބަރުންގެ މައްސަލައެއް އެ ކޮމިޝަނުން ބަލަން ފަށައިފި އެވެ.

ރައީސް ޔާމިންގެ ސަރުކާރުގައި އޭސީސީގައި ތިއްބެވި މެމްބަރުގެ މައްސަލައެއް އެކޮމިޝަނުން ބަލަން ފެށި ނަމަވެސް ބަލަމުންދަނީ ކޮން މައްސަލައެއްކަން ހާމަކޮށްފައެއް ނުވެ އެވެ.

އޭސީސީގެ ކުރީގެ މެމްބަރުންގެ މައްސަލައެއް އެ ކޮމިޝަނުން ބަލަން ފަށާފައިވާއިރު، އެކޮމިޝަނުގެ ކުރީގެ ރައީސް ހަސަން ލުތުފީއަށް ގިނަ ތުހުމަތުތަކެއް ކުރެވެ އެވެ.

އޭސީސީގައި މިހާރު ތިއްބެވި ފަސް މެމްބަރުންނަކީ މި ސަރުކާރު އައި ފަހުން އައްޔަންކޮށްފައިވާ ފަސް މެމްބަރުންނެވެ.