ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ކޮވިޑް މެނޭޖުކުރުމުގައި ފެއިލްއެއް ނުވޭ: ރައީސް

ކޮވިޑް-19 ބަލިމަޑުކަން ކޮންޓްރޯލް ކުރުމުގައި ސަރުކާރު ފެއިލްވެފައި ނުވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ.

ނޫސްވެރިންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ސޯލިހް ވިދާޅުވީ ރާއްޖޭގައި ކޮވިޑް މެނޭޖްކުރަމުން އައީ ވަރަށް ރަނގަޅަށް ކަމަށާ މެނޭޖު ކުރުމުގައި ފެއިލްވެފައިވާ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. ރައީސް ވިދާޅުވީ މިހާރު އޮތީ ހާއްސަ ހާލަތެއް އައިސްފައި ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ރާއްޖެ މިހާރު ދެކެމުން ދަނީ ކޮވިޑްގައި ދިވެހިން ތަޖުރިބާކޮށްފައިނުވާފަދަ ހާލަތެއް ކަމަށެވެ. މި މަހުގެ މިހާތަނަށް 28،600 ވުރެ ގިނަ މީހުންނަށް ކޮވިޑް ޖެހިފައިވާއިރު މި މަހު އެކަނިވެސް 71 މީހަކު މަރުވެފައިވާ ކަމަށެވެ. ރައީސް ވިދާޅުވީ ކޮވިޑްގައި ދިވެހިން ހޭދަކުރި 14 މަސް ދުވަހާއި މި މަހާ ނަންބަރު ހުރީ އެއް މިންވަރެއްގައި ކަމަށެވެ.

ރައީސް ވިދާޅުވީ އޭޕްރީލް މަހު ތެރޭދިން ލުއިތަކަކީ ރަނގަޅަށް ދެވުނު ލުއިތަކެއް ނޫން ކަމަށާ ނަމަވެސް އެކަމާއި ގުޅިގެން ވަކި ބަޔަކު ކުށްވެރި ކުރައްވާ ވާހަކަދައްކަވަން ބޭނުންފުޅުނުވާ ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ ރާއްޖޭގައި ކޮވިޑް މެނޭޖްކުރަމުން އައީ ވަރަށް ރަނގަޅަށް ކަމަށާ މެނޭޖު ކުރުމުގައި ފެއިލްވެފައިވާ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. ރައީސް ވިދާޅުވީ މިހާރު އޮތީ ހާއްސަ ހާލަތެއް އައިސްފައި ކަމަށެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑް ޖެހިފައިވަނީ 58،345 މީހަކަށް ވަނީ ބަލިޖެހިފައެވެ. މިހާތަނަށް 144 މީހަކު ވަނީ މި ބަލީގައި މަރުވެފައެވެ.