އެޗްޑީސީ

އެޗްޑީސީގެ ވަޒީފާތަކަށް ހާއްސަ ޕޯޓަލެއް

Oct 24, 2021

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ވަޒީފާ ތަކުގެ މައުލޫމާތު ހޯދުމަށް ހާއްސަ ޕޯޓަލެއް ލޯންޗުކޮށްފި އެވެ.

އެޗްޑީސީގެ ހެޑް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ޕޯޓަލް ލޯންޗުކޮށްދެއްވީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސުހައިލް އެވެ.

ރެކްރޫޓްމަންޓް ޕޯޓަލްގެ ނަމުގައި ލޯންޗްކުރި ޕޯޓަލްގައި ރަޖިސްޓްރީ ވުމަށް ވެސް އެޗްޑީސީން މިހާރު ވަނީ ފުރުސަތު ހުޅުވާލާފަ އެވެ.

އެޗްޑީސީން ބުނީ ޕޯޓަލް މެދުވެރިކޮށް އެ ކުންފުނީގައި ހުރި ވަޒީފާގެ ފުރުސަތުތައް ބަލައިލެވޭނެ ކަމަށެވެ. އަދި އެޗްޑީސީން ކުރިއަށް ގެންދާ އިންޓާންޝިޕް ޕްރޮގްރާމްތަކުގެ މައުލޫމާތުތައް ވެސް ހޯދޭނެ ކަމަށް އެޗްޑީސީން ބުނެ އެވެ.

އެޗްޑީސީން އިތުރަށް ބުނީ ޕޯޓަލްގެ ސަބަބުން އެ ކުންފުނީގެ ވަޒީފާތަކަށް ޝައުގުވެރިވާ ފަރާތްތަކަށް ޕޯޓަލްގެ ސަބަބުން ފަސޭހަ ތަކެއް ލިބިގެންދާނެ ކަމަށެވެ.