ވިޔަފާރި

ޖިއަޑާނޯ އާއީ ޖީ2000 ގެ ފަހުގެ އަންނައުނުގެ ރޭންޖް ކްލެސިކަށް

May 22, 2022

ޖީ2000 އާއި ޖިއަޑާނޯ އަންނައުނުގެ ފަހުގެ ރޭންކް ކްލެސިކް ފިހާރައަށް ލިބި ރާއްޖޭގައި ތައާރަފުކޮށްފި އެވެ.

ދުނިޔެ އަށް މަޝްހޫރު އަންނައުނުގެ ދެ ބްރޭންޑް ކަމަށްވާ "ޖީ2000" އާއި "ޖިއަޑާނޯ" އަށް ހާއްސަކޮށް އިސްލާމިކް ބޭންކްގެ ކުރީގެ ހެޑް އޮފީސް ކުރިމައްޗަށްވާ ގޮތަށް އަމީރުއަހުމަދު މަގުގައި ހުޅުވާފައިވާ ކްލެސިކް ފިހާރައިން އިއްޔެރޭ ލޯންޗް ކުރި މި ދެ ބްރޭންޑުގެ އަންނައުނުގެ ތެރޭގައި ދެ ޖިންސިގެ މީހުންނަށް ހާއްސަ ހެދުންތައް ވެސް ހިމެނެ އެވެ. މީގެތެރޭގައި ހަވީރީ ހެދުމާއި އޮފީސް ތަކަށް ދާ މީހުންނަށް ހާއްސަ ފަޓުލޫނާއި ގަމީސް ވެސް ހިމެނެ އެވެ.

މި ދެ ބްރޭންޑުގެ ރާއްޖޭގެ އޮތޮރައިޒް ޑިސްރިބިއުޓަރު ކްލެސިކް ފިހާރައިގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި "ޖީ2000" އާއި "ޖިއަޑާނޯ" ގެ އާ ރޭންޖް ރާއްޖެ ގެނެސްފައި މިވަނީ ދުނިޔޭގެ ބާޒާރަށް މި ނެރުނު ދުވަސްވަރާ ގާތްގަނޑަކަށް އެކުގަ އެވެ.

މިފަހަރު އާ ރޭންޖުތައް ރާއްޖޭގެ ބާޒާރަށް ނެރުމުގެ އިތުރުން މިހާރު ވަނީ ޕްރޮމޯޝަނެއްވެސް ފަށާފަ އެވެ. މި ބްރޭންޑުގެ އާ ރޭންޖު ބާޒާރަށް ނެރެފައިވަނީ ރާއްޖޭގެ ސޯޝަލް މީޑިއާގައި ހަރަކާތްތެރިވާ ބައެއް އިންފްލުއެންޒާސްއާއެކުގަ އެވެ. އާ ރޭންޖު ނެރުމާ ދިމާކޮށް 10 ޕަސެންޓުގެ ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއްވެސް ވަނީ ފަށާފަ އެވެ.

އަލަށް "ޖިއަޑާނޯ" އިން ނެރުނު ރޭންޖުގައި އަންހެނުންނާއި ފިރިހެނުންގެ ލިނެން ކުރުތާ ހިމެނެ އެވެ. މީގެ އިތުރުން ފިރިހެނުންގެ އޮކްސްފޯޑް ގަމީހުގެ އާ ވައްތަރުތަކާއި ލިނެން ގަމީސް އަދި ޕޯލޯ ޓީޝާޓުވެސް ހިމެނެ އެވެ. އަދި "ޖީ2000" ގެ އާ ރޭންޖުގައި ކޮމްފޯޓް ފިޓް ޓީޝާޓުގެ އިތުރުން ބެލްޓް އާއި ޓައީވެސް ހިމެނެ އެވެ.