AVAS PHOTO ESSAY

ދަނގެތީން ނަމޫނާއެއް؛ އިސްރަށްވެހީންގެ އަގު ވަޒަން ކުރުން

ބޮޑު އީދު ކުލަގަދަކޮށް ފާހަގަކުރި އދ. ދަނގެތީގައި އީދުގެ ހަރަކާތްތަކުގެ ތެރެއިން އެންމެ ފާހަގަކޮށް ލެވުނީ "އިސްރަށްވެހީންނާއެކު" މި ނަމުގައި ބޭއްވި ހަރަކާތެވެ. މިއީ އެ ރަށުގައި ތިބި އުމުރުން 75 އަހަރުން މަތީގެ އިސްރަށްވެހީންގެ ހިދުމަތުގެ އަގު ވަޒަން ކުުރުމުގެ ގޮތުން ބޭއްވުނު ހަރަކާތެކެވެ. ރަތް ދޫލައިގެ ހޫނު މަރުހަބާއެއް އެ ހިދުމަތްތެރީންނަށް ކިޔެވެ. ހަދިޔާ ދިނުން އޮތެވެ. އަދި އެ ހިދުމަތްތެރީންގެ ހިދުމަތުގެ ހުލާސާއެއް ރައްޔިތުންނަށް އިއްވިއެވެ. ފޮޓޯ: އަލީ ހުޝާން

އެ ހަރަކާތަށް ޖަމާވި ދަނގެތީ ރައްޔިތުން ވަނީ އެ ހިދުމަތްތެރީންނަށް ހޫނު މަރުހަބާ އެއް ކިޔާފައެވެ. އެކަމުގެ ސަބަބުން އެ ހިދުމަތްތެރީންގެ މޫނު މަތީން އުފާވެރި ކަމުގެ އިހުސާސްތައް ފާޅުވަމުން ދިޔައެވެ. ހިދުމަތްތެރީންނަށް ހަދިޔާ ހަވާލުކޮށް ދިނީ އެކި އާއިލާތަކުގެ ކުޑަކުދީންނެވެ. މި ހަރަކާތާއެކު ދަނގެތީން ދައްކައިދިނީ ނަމޫނާ އެވެ. ފޮޓޯ: އަލީ ހުޝާން

ބޮޑު އީދު ކުލަގަދަކޮށް ފާހަގަކުރި އދ. ދަނގެތީގައި އީދުގެ ހަރަކާތްތަކުގެ ތެރެއިން އެންމެ ފާހަގަކޮށް ލެވުނީ "އިސްރަށްވެހީންނާއެކު" މި ނަމުގައި ބޭއްވި ހަރަކާތެވެ. މިއީ އެ ރަށުގައި ތިބި އުމުރުން 75 އަހަރުން މަތީގެ އިސްރަށްވެހީންގެ ހިދުމަތުގެ އަގު ވަޒަން ކުުރުމުގެ ގޮތުން ބޭއްވުނު ހަރަކާތެކެވެ. ރަތް ދޫލައިގެ ހޫނު މަރުހަބާއެއް އެ ހިދުމަތްތެރީންނަށް ކިޔެވެ. ހަދިޔާ ދިނުން އޮތެވެ. އަދި އެ ހިދުމަތްތެރީންގެ ހިދުމަތުގެ ހުލާސާއެއް ރައްޔިތުންނަށް އިއްވިއެވެ. އެ ހަރަކާތަށް ޖަމާވި ދަނގެތީ ރައްޔިތުން ވަނީ އެ ހިދުމަތްތެރީންނަށް ހޫނު މަރުހަބާ އެއް ކިޔާފައެވެ. އެކަމުގެ ސަބަބުން އެ ހިދުމަތްތެރީންގެ މޫނު މަތީން އުފާވެރި ކަމުގެ އިހުސާސްތައް ފާޅުވަމުން ދިޔައެވެ. ހިދުމަތްތެރީންނަށް ހަދިޔާ ހަވާލުކޮށް ދިނީ އެކި އާއިލާތަކުގެ ކުޑަކުދީންނެވެ. މި ހަރަކާތާއެކު ދަނގެތީން ދައްކައިދިނީ ނަމޫނާ އެވެ. ފޮޓޯ: އަލީ ހުޝާން