ފިނޭންސް މިނިސްޓްރީ

ބޮންޑާއި ޓީބިލަށް 66 ބިލިއަން ރުފިޔާ ދައްކަންޖެހޭ

ސަރުކާރުގެ ޓްރެޝަރީ ބިލް (ޓީބިލް)ތަކާއި ޓްރެޝަރީ ބޮންޑަށް ދައްކަންޖެހޭ އަދަދު 66.9 ބިލިއަން ރުފިޔާއަށް އަރައިފި އެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އެ އަދަދަކީ މިމަހުގެ ދެވަނަ ދުވަހާ ހަމައަށް ސަރުކާރުގެ ޓީބިލްތަކާއި ޓްރެޝަރީ ބޮންޑަށް ދައްކަން ޖެހޭ އަދަދެވެ.

މީގެ ތެރޭގައި ކުރިއަށް އޮތް އެއް އަހަރުގެ ދުވަހުގެ ތެރޭގައި ދައްކަން ޖެހޭ 35.6 ބިލިއަން ރުފިޔާ ހިމެނެ އެވެ.

ސަރުކާރުގެ ސެކިއުރިޓީޒް އަނބުރާ ދައްކަންޖެހޭ ގޮތް

  • އެއް މަސް: 2.7 ބިލިއަން ރުފިޔާ
  • ތިން މަސް: ތިން ބިލިއަން ރުފިޔާ
  • ހަ މަސް: 3.9 ބިލިއަން ރުފިޔާ
  • އެއް އަހަރު: 25.9 ބިލިއަން ރުފިޔާ
  • ތިން އަހަރާއި ފަސް އަހަރު: 10.7 ބިލިއަން ރުފިޔާ
  • ފަސް އަހަރާއި ހަތް އަހަރު: 2.7 ބިލިއަން ރުފިޔާ
  • ހަތް އަހަރާއި 10 އަހަރު: 5.7 ބިލިއަން ރުފިޔާ
  • 10 އަހަރާއި އޭގެ ފަހުން: 12.1 ބިލިއަން ރުފިޔާ

ޑޮމެސްޓިކް އިންސްޓުރޫމެންޓްސްގެ ގޮތުގައި ސަރުކާރުގެ ޓީބިލްތަކާއި ޓްރެޝަރީ ބޮންޑަށް ޖުމްލަ 57.7 ބިލިއަން ރުފިޔާ ދައްކަންޖެހެ އެވެ.

މީގެ ތެރޭގައި 30 ބިލިއަން ރުފިޔާގެ ޓީބިލްގެ އިތުރުން 15.8 ބިލިއަން ރުފިޔާގެ ޓްރެޝަރީ ބޮންޑް ހިމެނެ އެވެ.

އެކްސްޓާނަލް އިންސްޓުރޫމެންޓްސްގެ ގޮތުގައި 7.7 ބިލިއަން ރުފިޔާގެ ސުކޫކް އަދި 1.5 ބިލިއަން ރުފިޔާގެ ބޮންޑް އަނބުރާ ދައްކަން ޖެހެ އެވެ.

ސަރުކާރުން ވިއްކާ ޓީ ބިލްތައް ގަންނަނީ ޕެންޝަން ފަންޑާއި ބައެއް ބޭންކުތަކާއި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުންނެވެ. މީގެ އިތުރުން އަމިއްލަ ބައެއް ކުންފުނިތަކުން ވެސް ޓީބިލް ގަނެ އެވެ.