ސްޓޮކްޕްރޯ

ސްޓޮކްޕްރޯ: ކޮލިޓީ ހާޑްވެއާގެ ހުރިހާ އެއްޗެއް އެއް ތަނަކުން

ރާ އްޖޭގައި ހާޑްވެއާ ސާމާނު ވިއްކާ އެތައް ފިހާރައެއް އެބަހުއްޓެވެ. ނަމަވެސް އެއްވެސް ފިހާރައަކުން ކޮލިޓީ ރަނގަޅު އަދި އަތްފޯރާ އަގެއްގައި ހާޑްވެއާ ސާމާނު ނުލިބެ އެވެ. މިއީ އާންމު ދިރިއުޅުމަށް ބޭނުންވާ ހާޑްވެއާ ސާމާނު ގަންނަން ބޭނުންވާ މީހުންނަށްވެސް އޮތް އެންމެ ބޮޑު އެއް ކަންބޮޑުވުމެވެ.

ނަމަވެސް މިކަންބޮޑުވުމަށް މިހާރު މިވަނީ ހައްލެއް ލިބިފަ އެވެ. މާލޭގެ ބުރުޒު މަގުގައި މިއަހަރުގެ ޖެނުއަރީ ތިންވަނަ ދުވަހު ހުޅުވި "ސްޓޮކްޕްރޯ" ފިހާރައަކީ އާންމު ދިރިއުޅުމާއި ގޭތެރޭގައި ބޭނުންކުރާ އެންމެ ކޮލިޓީ ހާޑްވެއާ ސާމާނު އެންމެ ހެޔޮ އަގުގައި މިވަގުތު ރާއްޖެއިން ލިބެން ހުރި ފިހާރަ އެވެ.

ސްޓޮކްޕްރޯ ފިހާރައިގެ ލޯގޯއިންވެސް އެމީހުން މިސްރާބު ޖަހާފައިވާ މަންޒިލް ވަރަށް ސާފެވެ. ދިމާވާ މައްސަލަތަކަށް އެއް ފުރާޅެއްގެ ދަށުން ހައްލު ލިބިގެންދާނެކަން ލޯގޯ އިން ވެސް ޔަގީންކޮށްދެ އެވެ.

ފިހާރަ ހުޅުވުމަށްފަހު ސްޓޮކްޕްރޯ އިން ވަނީ ބޮޑު ޕްރޮމޯޝަނެއްވެސް ކުރިއަށް ގެންގޮސްފަ އެވެ. އެގޮތުން އެތަނުން ވިޔަފާރިކޮށްގެން ގުރުއަތުން ހޮވުނު މުހައްމަދު އަހުމަދަށް ވަނީ 29،999.99 ރުފިޔާ ދީފަ އެވެ.

ކަރަންޓު ވައިރު ކުރުމާއި ފެން ވައިރު ކުރުމަށް ބޭނުންވާ ސާމާނުގެ އިތުރުން އެކި ވައްތަރުގެ ފްލައިވުޑާއި ލައިޓިންވެސް ސްޓޮކްޕްރޯ ފިހާރައިން ލިބެން ހުންނާނެ އެވެ. މި ފިހާރައިން ލިބޭ ފްލައިވުޑްގެ ތެރޭގައި އެކި ޑިޒައިންތަކުގެ "ކަބަޑު ފިލާ" ވެސް ހިމެނެ އެވެ. މިއީ ރާއްޖޭގައި މިވަގުތު އެންމެ މަޝްހޫރު އަދި އެންމެ ގިނައިން މީހުން ގަންނަމުންދާ ޑިޒައިންތަކުގެ ފިލަ އެވެ.

މިލާންލަކްސްގެ ކޮލިޓީ ރަނގަޅު ފްލަޑް ލައިޓްގެ އިތުރުން އެ ބްރޭންޑްގެ ލެޑް ލައިޓުވެސް ސްޓޮކްޕްރޯ އިން ލިބޭނެ އެވެ. ގޭތެރެ ޒީނަތްތެރިކޮށްލުމަށް މީގެ ލެޑްލައިޓްތައް ވަރަށް ރީތިވާނެ ކަމަށް ސްޓޮކްޕްރޯ އިން ބުނެ އެވެ.

މީގެ އިތުރުން އެސްސީޖީ ބްރޭންޑްގެ ކޮލިޓީ އެސްލޯން ހޮޅިއާއި އޭގެ ފިޓިންވެސް ސްޓޮކްޕްރޯ ފިހާރައިގައި އެބަ ހުއްޓެވެ.

ރާއްޖޭގައި ހާޑްވެއާ ސާމާނު ވިއްކުމުގައި 25 އަހަރުގެ ތަޖުރިބާ ހުރި ސްޓޮކްޕްރޯގެ މެނެޖިން ޑިރެކްޓަރު ހަސަން ހަމީޒް ވިދާޅުވި ގޮތުގައި މި ފިހާރައިން ނަން މަޝްހޫރު ބްރޭންޑްތަކުގެ ހާޑްވެއާ ސާމާނު ލިބޭނެ އެވެ.

"އިންޑިއާގެ އެންމެ މަޝްހޫރު އަދި އެއްވަނަ ބްރޭންޑް ކަމަށްވާ ހިސެމް ބްރޭންޑްގެ އޮރިޖިނަލް ފައިބާ ސިމެންޓް ބޯޑް މިތަނުން ލިބޭނެ. އޭއެސްޖީ ބްރޭންޑްގެ ކޮލިޓީ ޕުޓީގެ އެކްސްކްލޫސިވް ޑިސްޓްރިބިއުޓާއަކީ ވެސް އަޅުގަނޑުމެން،" ހަސަން ވިދާޅުވި އެވެ.

ހަސަންގެ އުއްމީދަކީ ކުރިއަށް އޮތް ދުވަސްތަކުގައި ސްޓޮކްޕްރޯގެ ހިދުމަތްތައް ފުޅާކޮށް އެ ފިހާރައިގެ އިތުރު އައުޓްލެޓްތައް ރާއްޖޭގެ އެކި ސަރަހައްދުގައި ހުޅުވުމެވެ. ދެން އެންމެ އަހަވަށް ސްޓޮކްޕްރޯގެ ފިހާރައެއް ފެނިގެން ދާނީ ހުޅުމާލެއިންނެވެ.

ސްޓޮކްޕްރޯ ފިހާރަ އަކީ ރާއްޖޭގައި އެންމެ ނަން މަޝްހޫރު އަދި އެންމެ ބޮޑު އެއް ހާޑްވެއާ ފިހާރައަށް ވާނެކަމީ ޔަގީން ކަމެކެވެ. ލިބެން ހުރި މުދަލުގެ ކޮލިޓީއާއި ލިބޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކަމުން ސްޓޮކްޕްރޯ އަކީ ރާއްޖޭގައި ނަންބަރު ވަން ފިހާރައަށް ވެގެންދާނެ އެވެ.