ޝީޝާ

ހޮންޑާ މޮޓޯ ޖަޕާންގެ ޓީމެއް ރާއްޖޭގެ ހޮންޑާ "ޝީޝާ"އަށް ޒިޔާރަތްކޮށްފި

ހޮންޑާ މޮޓޯ ޖަޕާންގެ ޓީމެއް ސާވޭއެއް ހެދުމަށްޓަކައި ރާއްޖެއަށް ޒިޔާރާތްކޮށްފި އެވެ.

ހޮންޑާއިން ރާއްޖެ ޒިޔާރާތް ކުރި ޓީމުގައި ހިމެނެނީ އެ ކުންފުނީގެ ސޭލްސް ޑިވިޝަންގެ އެސިސްޓެންޓް މެނޭޖަރު ހިރޮނޮރީ ކިޖިމާ އާއި ހަމަ އެ ޑިވިޝަންގެ ހިރޮކީ އިޔޯބް އެވެ.

އަވަސްއަށް މައުލޫމާތު ދެއްވަމުން ހިރޮނޮރީ ކިޖިމާ ވިދާޅުވީ އެބޭފުޅުން މިހާރު ރާއްޖެއަށް މިކުރާ ދަތުރުގައި ދެ މަގުސަދެއް އެބައޮތް ކަމަށެވެ. އެގޮތުން އެންމެ މުހިންމު މަގުސަދެއްގެ ގޮތުގައި ކިޖިމާ ފާހަގަކުރެއްވީ ހޮންޑާއިން ރާއްޖޭގައި މާކެޓް ސާވޭއެއް ހެދުމެވެ.

"ވަރަށް ބާރު ދުވެއްޔެއްގައި ހުޅުމާލެ ތަރައްގީވަމުން ދާތީ ދިވެހިންގެ ދިރިއުޅުމަށް ވަރަށް ބޮޑެތި ބަދަލުތަކެއް އެބައާދޭ. މި ސާވޭގެ ދަށުން ރާއްޖޭގައި ހޮންޑާގެ ކަސްޓަމަރުންގެ ބޭނުންތަކަށް އަންނަމުންދާ ބަދަލު ދިރާސާކޮށް ކަސްޓަމަރުން ބޭނުންވާ ކަންކަން އެމީހުންނަށް ފޯރުކޮށްދެވޭނެ ގޮތްތައް ހޯދިގެން ދާނެ،" ކިޖިމާ ވިދާޅުވި އެވެ.

ދެވަނަ މަގުސަދެއްގެ ގޮތުގައި ކިޖިމާ ފާހަގަކުރެއްވީ ޝީޝާއާއި ހޮންޑާއާއި ދެމެދު އޮންނަ ގާތް ގުޅުން އިތުރަށް ވަރުގަދަ ކުރުމެވެ. ކިޖިމާ ވިދާޅުވީ ޝީޝާއިން އަންނަނީ ހޮންޑާގެ ސައިކަލު ވަރަށް ގިނަ އަދަދަކަށް ރާއްޖޭގައި ވިއްކަމުން ކަމަށެވެ. އަދި އޭގެ ސަބަބުން ރާއްޖޭގައި ހޮންޑާގެ ނަން މަޝްހޫރުވަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

ކިޖިމާ ވިދާޅުވީ ޝީޝާގެ ފަރާތުން ހޮންޑާއަށް ލިބެމުންދާ ފައިދާތަކުގެ ސަބަބުން ޝީޝާގެ ވިޔަފާރި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގައި ހޮންޑާއިން އެއްބާރުލުން ދޭނެ ކަމަށެވެ.

"ހޮންޑާއަކީ ރާއްޖޭގައި އެންމެ އިތުބާރު ކުރެވޭ އަދި އެންމެ މަޝްހޫރު ސައިކަލު ބްރޭންޑަށް ވުމުން ވަރަށް އުފާވޭ. ހޮންޑާ ސައިކަލު ތަކަކީ ގިނަ ދުވަހު ގެނަގުޅެވޭ އަދި ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ހަދާފައިވާ ސައިކަލުތަކެއް. އަޅުގަނޑުމެން އަބަދުވެސް މަސައްކަތް ކުރާނީ ކަސްޓަމަރުން ހިތްހަމަޖެހޭ ޕްރޮޑަކްޓްތަކެއް ނެރުމަށް،" ކިޖިމާ ވިދާޅުވި އެވެ.

މީގެ އިތުރުން ހޮންޑާއަކީ ހުރިހާ ގިންތިއެއްގެ ކަސްޓަމަރުންނަށްވެސް އެކަށީގެންވާ ސައިކަލުތަކެއް މާކެޓަށް ނެރެމުންދާ ބައެއް ކަމަށް ކިޖިމާ ވިދާޅުވި އެވެ.

ޝީޝާގެ ސީއީއޯ އިބްރާހިމް ހުޝާމް އަވަސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ޝީޝާއާއި ހޮންޑާގެ ސައިކަލު ވިއްކާ އެހެން ކުންފުނިތަކާއި އޮންނަ ތަފާތަކީ ޝީޝާއަކީ ރާއްޖޭގައި ހޮންޑާގެ ސައިކަލު ވިއްކުމުގެ ހުއްދަ އޮންނަ ހަމަ އެކަނި ކުންފުންޏަށް ވުމެވެ.

ހުޝާމް ވިދާޅުވީ ޝީޝާ އިން އެތެރެކުރާ ހޮންޑާގެ ސައިކަލުތަކަށް ހޮންޑާގެ ރަސްމީ ވޮރެންޓީ ލިބޭނެ ކަމަށެވެ.

"މީގެ އިތުރުން ޝީޝާގެ މެކޭނިކުންނަކީ ހޮންޑާއިން ޓްރެއިނިން ލިބިފައިވާ ބައެއް. ޝީޝާއިން ކަސްޓަމަރުންނަށް އެކަށީގެންވާ އާފްޓާ ސޭލްސް ސާވިސްވެސް ފުރިހަމަކަމާ އެކު ދޭނެ،" ހުޝާމް ވިދާޅުވި އެވެ.

ޝީޝާގެ އޮޕަރޭޝަންސް އެންޑް މާކެޓިން މެނޭޖަރު ފާތިމަތް ޖުމާން ވިދާޅުވީ ޝީޝާ އަކީ ރާއްޖޭގައި ހޮންޑާގެ ސައިކަލު ރަސްމީ ޗެނަލް މެދުވެރިކޮށް ވިއްކުމުގެ ހުއްދަ އޮންނަ ހަމައެކަނި ކުންފުންޏަށް ވުމުން އެހެން ކުންފުނިތަކުން ވިއްކާ ހޮންޑާގެ ސައިކަލުތަކަކީ ތިންވަނަ ފަރާތެއް މެދުވެރިކޮށް ވިއްކާ ސައިކަލުތަކެއް ކަމަށެވެ.

ހޮންޑާގެ އޮރިޖިނަލް ސައިކަލެއް ގަންނަން ބޭނުންނަމަ ހޮންޑާގެ ހުއްދަ ލިބިފައިވާ ޑީލަރެއްގެ އަތުން ގަތުމަކީ މުހިއްމު ކަމެއް ކަމަށް ޝީޝާއިން މައުލޫމާތުދެ އެވެ. އެގޮތުން ރާއްޖެއިން އޮރިޖިނަލް ހޮންޑާގެ ސައިކަލެއް ހޮންޑާގެ ރަސްމީ ޗެނަލް މެދުވެރިކޮށް ގަންނަން ލިބޭނީ ޝީޝާއިން އެކަންޏެވެ.

އަވަސްއަށް މައުލޫމާތު ދެއްވަމުން ހިރޮކީ އިޔޯބް ވިދާޅުވީ ޝީޝާއިން ހޮންޑާގެ ސައިކަލެއް ގަނެގެން އެއީ އެންމެ ފަހުގެ އަދި އެންމެ ރަނގަޅު ފެންވަރުގެ އުފެއްދުމެއް ކަމުގެ ޔަގީންކަން ލިބޭނެ ކަމަށެވެ. އަދި ހުއްދަ ލިބިފައިވާ ޑިސްޓްރިބިއުޓަރެއް ނޫން އެހެން ކުންފުންޏަކުން ގަންނަނަމަ އެއީ ބޭނުންކޮށްފައިވާ ސައިކަލަކަށް ވުން ގާތް ކަމަށާއި އަދި އަވަހަށް ހަލާކުވުމުގެ ފުރުސަތުވެސް ބޮޑު ކަމަށެވެ.

ހޮންޑާއިން އަންނަނީ 2025 ވަނަ އަހަރުގެ ކުރިން ބެޓެރި ސައިކަލުގެ 10 ވައްތަރެއް ދުނިޔެއަށް ތައާރަފްކުރުމުގެ މަސައްކަތް ކުރަމުންނެވެ. ޝީޝާއިން ބުނީ ހޮންޑާއިން ބެޓެރި ސައިކަލުތައް ތައާރަފް ކުރުމުން އެ ސައިކަލުތައް ރާއްޖެއަށް ގެނައުމުގެ މަސައްކަތް ޝީޝާއިން ކުރާނެ ކަމަށެވެ.

ޝީޝާގެ އަމާޒު މިވަގުތު ހިފާފައި ހުރީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެ ކުންފުނީގެ އައުޓްލެޓްތައް ގާއިމުކޮށް އެ ކުންފުނީގެ ސާވިސް ސެޓަރުގެ ހިދުމަތްވެސް އެރަށްރަށުގައި ފޯރުކޯށްދޭން ފެށުމެވެ. އެގޮތުން މިވަގުތު ރާއްޖެއަށް ޒިޔާރަތް ކުރައްވަމުންދާ ހޮންޑާގެ ޓީމާއެކު ޝީޝާއިން އަތޮޅުތެރެއަށް ދަތުރުތަކެއް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.