ޝީޝާ

ހޮންޑާ މެގަ ޑީލްސް: ހުރިހާ މޮޑެލްތަކުން ބޮޑެތި ޑިސްކައުންޓް

Jul 16, 2023
1

ހޮންޑާ މޮޓޯސައިކަލްސް އަދި ޕަވާ ޕްރޮޑަކްޓްސްގެ ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓާ -- ޝީޝާ އިން ވިއްކާ ހުރިހާ ސައިކަލުތަކަކުން ބޮޑެތި ޑިސްކައުންޓްތައް ލިބޭ ހޮންޑާގެ އަހަރީ ޕްރޮމޯޝަން މެގަ ޑީލްސް ފަށައިފި އެވެ.

މިހާރު ފަށައިގެން ކުރިއަށްދާ ޕްރޮމޯޝަނުގައި ސްކޫޕީގެ ހުރިހާ މޮޑެލްތަކާއި ވިޝަން 110، އަދި އެއާބްލޭޑް މޮޑެލްތައް ވެސް ހިމެނޭ ކަމަށް ޝީޝާ އިން ބުނެ އެވެ. އެ މޮޑެލްތަކަކީ ޑިޒައިނާއި ފިއުލް އެފިޝިއަންސީ އަދި ދުއްވާލަން ފަސޭހަ ވުމުން ކަސްޓަމަރުންގެ މެދުގައި ވަރަށް މަގުބޫލު މޮޑެލްތަކެއް ކަމަށް އެ ކުންފުނިން ބުނެ އެވެ.

އޭގެ އިތުރުން ބޮޑެތި ސައިކަލުތައް ބޭނުންވާ ކަސްޓަމަރުންނަށް މެގަ ޑީލްސް އިން ބޮޑެތި ޑިސްކައުންޓް ތަކާއި އެކު ޕީސީއެކްސް 160 އަދި އޭޑީވީ 160 ގެ މޮޑެލްތައް ލިބެން އެބަހުއްޓެވެ.

ޝާ އިން ބުނީ ޕްރޮމޯޝަންގެ ތެރޭގައި ވިޔަފާރި ކުރާ ކަސްޓަމަރުންނަށް, ފުލް ކޭޝް ކޮށް ސައިކަލް ގަންނަ ނަމަ 5,000 އިން ފެށިގެން 19,000 އާއި ދެމެދުގެ ބޮޑެތި ޑިސްކައުންޓްތައް ލިބޭނެ ކަމަށެވެ. އެހެންކަމުން މިއީ އާ ސައިކަލެއް ގަންނަން ބޭނުންވެފައިވާ ކަސްޓަމަރުންނަށް ރަނުގެ ފުރުސަތެއް ކަމަށް ޝީޝާ އިން ބުނެ އެވެ.

އިންސްޓޯލްމަންޓަށް ސައިކަލް ނަގާނަމަ, ޕްރޮމޯޝަނުގެ ތެރެއިން ފައިނޭންސިން ޗާޖް ކަނޑާލާނެ އެވެ. އެގޮތުން ޑައުން ޕޭމަންޓް އަދަދުގެ 50 ޕަސެންޓް ދައްކައި، ބާކީ ހުރި ފައިސާ ހަ މަސް ދުވަހުގެ ތެރޭގައި ސެޓްލްކޮށްގެން ކަސްޓަމަރުންނަށް ޒީރޯ ފައިނޭންސް ޗާޖް ޕެކޭޖެއް އެކްޓިވޭޓް ކުރެވޭނެ އެވެ. ޝީޝާ އިން ބުނީ މި އޮފާގެ ސަބަބުން ކަސްޓަމަރުންނަށް މާލީ ބުރަ ލުއިވެގެން ދިއުމާއި އެކު އުނދަގުލެއް ނެތި އަދި ހެޔޮ އަގުގައި ސައިކަލް އަމިއްލަ ކުރުމަށް ފުރުސަތު ފަހިވެގެން ދާނެ ކަމަށެވެ.

ޝީޝާ އިން ބުނީ ޕްރޮމޯޝަންގެ ތެރެއިން ކަސްޓަމަރުންނަށް ހާއްސަ އިނާމުތަކެއް ވެސް ކަނޑައަޅާފައިވާ ކަމަށެވެ.

ޕްރޮމޯޝަނާއި ބެހޭ އިތުރު މައުލޫމާތު ޝީޝާގެ ވެބްސައިޓުން ނުވަތަ އެ ތަނުގެ ނަންބަރު 33HONDA އަށް ގުޅައިގެން ލިބޭނެ އެވެ. މާލޭގެ އިތުރުން ހދ. ކުޅުދުއްފުށި، ލ. ގަން، ގއ. ވިލިނގިލި، ގދ. ތިނަދޫ، ޏ. ފުވައްމުލައް އަދި އައްޑޫ ސިޓީގެ ހިތަދޫގައި ހުރެ އެވެ.