ވިޔަފާރި

ރޯދަ ރޯޅި ޕްރޮމޯޝަން – މިފަހަރު ރޯދަ ހަދިޔާއަކަށް ބޮޑެތި ޑިސްކައުންޓް

Feb 18, 2023

ރޯދަ މަހާއި ދިމާކޮށް ކަސްޓަމަރުންނަށް ލުއި ގޮތްތަކެއް ހޯދައި ދިނުމަށް ޝީޝާ އިން ވިއްކާ ހޮންޑާ ސައިކަލުތަކުން ބޮޑެތި ޑިސްކައުންޓްތައް ލިބޭ "ރޯދަ ރޯޅި" ޕްރޮމޯޝަން ފަށައިފި އެވެ.

ޝީޝާ އިން ފަށާފައިވާ ޕްރޮމޯޝަންގެ ދަށުން އެ ކުންފުނީގެ ސްޓޮކްގައި ހުރި ހުރިހާ މޮޑެލް ތަކެއްގެ ސައިކަލުން ބޮޑެތި ޑިސްކައުންތައް ދޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ. އެގޮތުން ޝީޝާއިން އެންމެ ފަހުން ގެނައި ސްކޫޕީ އާބަން (2023) މޮޑެލް އިން ވެސް މި ޕްރޮމޯޝަނުގެ ތެރޭގައި ޑިސްކައުންޓް ދޭން އެ ކުންފުނިން ވަނީ ނިންމައިފަ އެވެ.

ޕްރޮމޯޝަންގައި ލިބެންހުރި ސައިކަލުތައް:

  • ވޭވް 125އައި (2023)
  • ސްކޫޕީ ކްލަބް12 (2023)
  • އޭޑީވީ150
  • އެއާ ބްލޭޑް 125 - ސްޓޭންޑަޑް އެޑިޝަން
  • އެއާ ބްލޭޑް 125 - ބްލެކް އެޑިޝަން
  • އެއާ ބްލޭޑް 160 - ސްޓޭންޑަޑް އެޑިޝަން
  • އެއާ ބްލޭޑް 160 – ސްޕެޝަލް
  • ވިނާ އެކްސް (2021)
  • ވިނާ އެކްސް (2022)
  • ޕީސީއެކްސް (160)
  • ސްކޫޕީ އާބަން (2023)

ޝީޝާއިން ބުނީ "ރޯދަ ރޯޅި" ޕްރޮމޯޝަންގައި އެއްފަހަރާ ލާރި ދައްކާފައި ސައިކަލު ގަންނަ ކަސްޓަމަރުންނަށް 5،000 ރުފިޔާ އިން ފެށިގެން 26،000 ރުފިޔާއާ ހަމައަށް ޑިސްކައުންޓް ލިބޭނެ ކަމަށެވެ.

އިންސްޓޯލްމަންޓްއަށް ސައިކަލު ނަގާ ކަސްޓަމަރުންނަށް ހާއްސަ އޮފާތަކެއް ލިބޭނެ އެވެ. އެގޮތުން ޑައުންޕޭމަންޓްއަށް ސައިކަލުގެ ހާފް ޕޭމަންޓް ދައްކާލައިގެން ހަ މަސް ތެރޭގައި ފައިސާ ދައްކާ ނިންމާ ކަސްޓަމަރުންނަށް އިތުރު ފައިނޭންސް ޗާޖްއަކާ ނުލާ ޒީޒޯ ފައިނޭންސް ޗާޖް ޕެކޭޖްގެ ދަށުން ސައިކަލު ނެގޭނެ އެވެ.

ޝީޝާއިން އިންސްޓޯލްމަންޓަށް ސައިކަލު ނަގާ ކަސްޓަމަރުންނަށް ހަ މަހާއި 48 މަހަށް ބަހާލައިގެންވެސް ސައިކަލު ނެގޭނެ އެވެ.

އޭޑީވީ އާއި ޕީސީއެކްސް އަދި ވިނާ އެކްސް 150ގެ 2021ގެ މޮޑެލްތަކުން އިންސްޓޯލްމަންޓް ޗާޖް ވަނީ 1.75 އިން 1.25 ޕަސަންޓަށް ކުޑަކޮށްފަ އެވެ.

މި ޕްރޮމޯޝަން ޝީޝާގެ ހުރިހާ އައުޓްލެޓްތަކެއްގައިވެސް ކުރިއަށްދާނެ އެވެ. މާލެ އާއި ހުޅުމާލޭގެ އިތުރުން ޝީޝާގެ އައުޓްލެޓްތައް ހދ. ކުޅުދުއްފުށި، ލ. ގަން، ގއ. ވިލިނގިލި، ޏ. ފުވައްމުލައް އަދި އައްޑޫ ސިޓީ ހިތަދޫގައި ހުރެ އެވެ.

ހޮންޑާގެ ހުރިހާ މޮޓޯސައިކަލް މޮޑެލްތަކެއް ޝީޝާ އިން ލިބެން ހުރިއިރު، މިފަދަ ޑީލެއް ހޯދުމަށް މިއަށްވުރެ ރަނގަޅު ފުރުސަތެއް ނެތެވެ. ޑިސްކައުންޓް އަގެއްގައި ހޮންޑާ ސައިކަލެއް ގަތުމަށް މި ފުރުސަތު ގެއްލުވާ ނުލާށެވެ.