ދިރާގުގެ ލިމިޓެއްނެތް 30އެމް ނުވަތަ އެއަށް ވުރެ މަތީ ޕެކޭޖަކަށް އަޕްގްރޭޑްކޮށް ކޮންމެ ހަފުތާއަކު ސްމާޓް ޓީވީއެއް ހޯދުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.
މި ލިމިޓެޑް ޓައިމް ޕްރޮމޯޝަން ކުރިއަށް ދާނީ އަންނަ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ.
މި ޕްރޮމޯޝަންގައި ލިމިޓެއްނެތް 30އެމް ޕެކޭޖް ނުވަތަ އެއަށް ވުރެ މަތީގެ ޕެކޭޖަކަށް އަޕްގްރޭޑްކޮށްފައިވާ ކަސްޓަމަރުންގެ ތެރެއިން ކޮންމެ ހަފުތާއަކު ނަސީބުވެރިއަކު ހޮވުމަށް ވަނީ ހަމަޖެހިފަ އެވެ.
ދިރާގުގެ ހިދުމަތް މިހާރު ބޭނުންކުރަމުންދާ އަދި އަލަށް ދިރާގާއި ގުޅޭ ފައިބަ ބްރޯޑްބޭންޑް ކަސްޓަމަރުންގެ ތެރެއިން ޝަރުތު ހަމަވާ ހުރިހާ ފަރާތްތައް މި ގުރުވަތުގައި އޮޓޮމެޓިކްކޮށް ބައިވެރިކުރެވޭނެ ކަމަށް ދިރާގުން ވަނީ ބުނެފަ އެވެ. އަދި ކޮންމެ ނަސީބުވެރި ފަރާތަކަށް ވެސް އިނާމެއްގެ ގޮތުގައި 65 އިންޗީގެ ސްކައިވޯތު – ޔޫއެޗްޑީ 4ކޭ ސްމާޓް ޓީވީއެއް ލިބިގެންދާނެ އެވެ.
ދިރާގުގެ ލިމިޓެއްނެތް ޕެކޭޖުތަކަކީ ކަސްޓަމަރުންގެ ޑިޖިޓަލް ދިރިއުޅުމަށް ފެތޭ، ލިމިޓެއްނެތި ސްޓްރީމްކޮށް، ގޭމްކުޅެ އަދި ބްރައުސްކުރުމަށް އެންމެ ފުރިހަމަ ޕެކޭޖްތަކެކެވެ.
އެގޮތުން މި ތަފާތު ޕެކޭޖުތަށް މެދުވެރިކޮށް ދިރާގު ކަސްޓަމަރުންނަށް ކުރިއަށް ވުރެ ރަނގަޅު ފެންވަރުގެ އިންޓަނެޓް ހިދުމަތް އެކި ސްޕީޑްތަކާއި ހުސްނުވާ ޑޭޓާ އެލަވަންސްތަކާ އެކު ލިބިގެންދާނެ އެވެ.
މި ޕްރޮމޯޝަން އަދި ދިރާގު ލިމިޓެއްނެތް ފައިބަ ބްރޯޑްބޭންޑް ޕެކޭޖްތަކާއި ބެހޭ އިތުރު މައުލޫމާތު ދިރާގު ވެބްސައިޓުން ލިބޭނެ އެވެ.
ދިރާގުން ދަނީ ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޯމޭޝަން ދަތުރުގައި އިސްކޮށް ހަރަކާތްތެރިވެ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުޅޭ މީހުންގެ ދިރިއުޅުން މުއްސަނދިކޮށްދޭ އިނޮވޭޓިވް ސޮލިއުޝަންތައް އުފައްދައި، ޑިޖިޓަލް މުޖުތަމައުތައް ބާރުވެރިކުރުވުމަށް މަސައްކަތްކުރަމުންނެވެ.