ޝީޝާ

ޝީޝާ ފްލެޝް ޑީލް: ބޮޑެތި ޑިސްކައުންޓް ތަކެއް, އަވަސް ކުރޭ

Jun 14, 2023
1

ޝީޝާ އިން ޖޫން މަހާއި ދިމާކޮށް ބޮޑެތި ޑިސްކައުންޓްތަކާއި އެކު ކުރު މުއްދަތަކަށް ކުރިއަށް ގެންދާ "ޝީޝާ ފްލެސް ޑީލް" ފަށައިފި އެވެ.

މި ޕްރޮމޯޝަނުގެ ދަށުން ޝީޝާ އިން ވިއްކަމުން އަންނަ ގިނަ މޮޑެލް ތަކުން "ވަން ޓައިމް" ބޮޑެތި ޑިސްކައުންޓްތަކެއް ދޭން ނިންމާފައިވާއިރު, ވަކި ކުލަތަކުގެ ސައިކަލުތަކުން ވެސް ވަނީ ޑިސްކައުންޓް ދޭން ނިންމާފަ އެވެ. އެގޮތުން ކަސްޓަމަރުންގެ ތަރުހީބު އެންމެ ބޮޑު ސްކޫޕީ އާބަން ކަޅު އަދި ނޫ ކުލައިގެ ސައިކަލު ތަކާއި, ސްކޫޕީ ކްލަބް 12 ކަޅު ކުލައިގެ ސައިކަލުތަކުން ޑިސްކައުންޓް ލިބެ އެވެ.

މީގެއިތުރުން މި ޕްރޮމޯޝަންގެ ދަށުން ޑިސްކައުންޓް ލިބެން ހުރީ ޕީސީއެކްސް 160 2021 ގްރޭ ނުވަތަ އަޅި ކުލައިގެ ސައިކަލުތަކުން ވެސް މި ޕްރޮމޯޝަނުގެ ދަށުން ޑިސްކައުންޓް ލިބެ އެވެ.

ޕްރޮމޯޝަންގެ މުއްދަތުގައި ފުލް ކޭޝް ކޮށް ސައިކަލް ގަންނަ ނަމަ ބައެއް ސައިކަލު ތަކުން 17,000 ރުފިޔާ އާއި ހަމަ އަށް ޑިސްކައުންޓް ލިބޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ. އަދި އިންސްޓޯލްމަންޓަށް ނަގާނަމަ ދައްކަން ޖެހޭ ޑައުން ޕޭމަންޓް ވެސް ވަނީ ކުޑަ ކޮށްފަ އެވެ. އަދި އިންސްޓޯލްމަންޓް ޗާޖް ވެސް ވަނީ 1.75 ޕަސެންޓުން 1.25 ޕަސެންޓަށް ދަށް ކޮށްފަ އެވެ.

އޭގެ އިތުރުން ބައެއް ސައިކަލުތައް އިންސްޓޯލްމަންޓަށް ނަގާއިރު, ކަސްޓަމަރުންގެ ތަރުހީބު ބޮޑު, ޒީރޯ އިންސްޓޯލްމަންޓް ޗާޖް ވެސް ލިބޭނެ ކަމަށް ޝީޝާ އިން ބުނެ އެވެ. އަދި އެއްވެސް އިތުރު ޗާޖެއް ނެތި, ހާފް ޕޭމަންޓް ދެއްކުމަށް ފަހު ބާކީ ބައި ހަ މަސް ދުވަހަށް ބަހާލައިގެން ދެއްކުމުގެ ފުރުސަތު ވެސް މި ޕްރޮމޯޝަނުގެ ދަށުން ދޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

ޕްރޮމޯޝަނާއި ބެހޭ އިތުރު މައުލޫމާތު ޝީޝާގެ ވެބްސައިޓުން ނުވަތަ އެ ތަނުގެ ނަންބަރު 33HONDA އަށް ގުޅައިގެން ލިބޭނެ އެވެ.